ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުރިޖު މަސައްކަތަށް މިހާތަނަށް 3.9 ބިލިއަން ރުފިޔާ ހަރަދުކޮށްފި!

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ފޮޓޯ/ ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ބުރިޖު މަސައްކަތްތައް ކުރުމަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރުން 3.9 ބިލިއަނާއި ގާތް ކުރާ އަދަދެއް ހަރަދެއްކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން ވަނީ 2020 ވަނަ އަހަރުން ފެށިގެން އެ މިނިސްޓްރީގެ ވީކްލީ ފިސްކަލް ސްޓެޓިސްޓިކްސް ރިޕޯޓުގެ ތެރޭގައި ޕީއެސްއައިޕީ މަޝްރޫއުގެ ތަފްސީލީ މައުލޫމާތުތައް ހިމަނަން ފަށާފައެވެ. އެ ހިސާބުގެ ތެރޭގައި މިނިސްޓްރީއިން ވަނީ ބުރިޖު އެޅުމުގެ މަސައްކަތްތަކަށް ކުރެވެމުންދާ ހަރަދުތައް ވަކިން ހިއްސާކުރަން ފަށާފައެވެ.

އެގޮތުން 2020 ވަނަ އަހަރުގެ ތެރޭގައި 306.3 މިލިއަންގެ ހަރަދެއް ކޮށްފައިވާކަމަށް ބަޔާންކޮށްފައިވާއިރު ބުރިޖު މަސައްކަތްތަކަށް 2021 ވަނަ އަހަރު ހަރަދުވެފައިވަނީ 1.3 ބިލިއަނާއި ގާތް ކުރާ އަދަދެކެވެ. މިނިސްޓްރީއިން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން 2022 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން މި މަސައްކަތްތަކަށް ހަރަދުކޮށްފައިވަނީ 1.7 ބިލިއަނާއި ގާތް ކުރާ އަދަދެއްގެ ފައިސާއެވެ. އަދި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 688.1 މިލިއަންގެ ހަރަދެއް ކޮށްފައިވާކަމަށް ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ފިނޭންސްގެ ހިސާބުތަކުން ދައްކާގޮތުން ބުރިޖު މަސައްކަތްތަކަށް ސަރުކާރުންވަނީ ޖުމުލަކޮށް 3.9 ބިލިއަނާއި ގާތްކުރާ އަދަދެެއްގެ ހަރަދުކޮށްފައެވެ.

މީގެ އިތުރުން ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތަކަށް މިއަހަރުގެ ތެރޭގައި 1.1 ބިލިއަނާއި ގާތް ކުރާ އަދަދެއްގެ ހަރަދެއް ހިނގާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި 124.4 މިލިއަން ގައުމީ ސަލާމަތުގެ މަސައްކަތްތަކަށް ހަރަދުވެފައިވާއިރު ތިމާވެށި ރައްކައުތެރިކުރުމުގެ ގޮތުން 429.2 މިލިއަން ހަރަދުކޮށްފައިވާކަމަށް ފިނޭންސްއިން ހާމަކޮށްފައިވެއެވެ.

ތިލަމާލެ ބްރިޖު މަޝްރޫއަކީ އިންޑިއާ އިން ފައިސާގެ ބޮޑު ބައެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ބްރިޖު އަޅަން ހަވާލުކޮށްފައިވަނީ ވެސް އިންޑިއާގެ އެފްކޯންސް ކުންފުންޏަށެވެ. މިކަމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އެފްކޯންސްއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރީ އޮގަސްޓް 26، 2021 ގައެވެ.

އިންޑިއާ ސަރުކާރުން ފަންޑުކޮށްގެން ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެކެވެ.

އިންޑިއާއިން ވަނީ ތިލަމާލެ ބްރިޖު އަޅަން ހިލޭ އެހީގެ ގޮތުގައި އިތުރު 15 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 231.3 މިލިއަން ރުފިޔާ) ވެސް ފަހުން ދީފަ އެވެ.

ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ތިލަމާލެ ބްރިޖަކީ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރު ދިގު ބްރިޖެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: