ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޮވަރެއިން ޑިވެލޮޕްމެންޓު ފަންޑަށް އެކަށީގެންވާ ގާނޫނީ އޮނިގަނޑެއް ނެތް: އެމެރިކާގެ ސްޓޭޓު ޑިޕާޓުމެންޓު

ފިނޭންސް މިނިސްޓަރު: އިބްރާހިމް އަމީރު/ ފޮޓޯ/ ކެެންޖީ ކަވާސޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ސޮވަރެއިން ޑިވެލޮޕްމެންޓު ފަނޑުގެ ކަންކަން ބެލެހެއްޓުމަށް ހަމަޖެހޭ ގާނޫނީ އޮނިގަނޑެއް ބިނާކުރެވިފައިނުވާކަމަށް އެމެރިކާގެ ސްޓޭޓު ޑިޕާޓުމެންޓުން ބުނެފިއެވެ.

އެމެރިކާގެ ސްޓޭޓު ޑިޕާޓުމެންޓުން ރާއްޖޭގެ މާލީ ހާލަތު ބަޔާންކޮށް “2023 ފިސްކަލް ޓްރާންސްޕެރެންސީ ރިޕޯޓު”ގައި ވާގޮތުން، ރިޕޯޓު އެކުލަވާލެވިގެން އައި ދުވަސްވަރު ދިވެހި ސަރުކާރުންވަނީ މާލިއްޔާތުން ކުރެވިފައިވާ ބޭނުންތަކުގެ އޮޑިޓު ރިޕޯޓެއް ނެރިފައިކަމަށެވެ. އަދި ބަޖެޓާއި ގުޅުންހުރި ލިޔެކިއުންތައް އާންމުކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ. ރިޕޯޓުގައި ވާގޮތުން، އެ ލިޔެކިއުންތަކުން ރާއްޖޭގެ ސަރުކާރުން ކޮށްފައިވާ ހަރަދުތަކުގެ ސާފު މަންޒަރެއް ފެނިގެންދެއެވެ. އަދި ބަޖެޓާއި ގުޅޭ ލިިއެކިއުންތަކަށް އާންމު ހާލަތްތަކުގައި އިތުބާރު ހިފިދާނެކަމަށްވެސް ބުނެފައިވެއެވެ.

އެމެރިކާގެ ސްޓޭޓު ޑިޕާޓުމެންޓުގެ ރިޕޯޓުން ބައެއް: ފޮޓޯ/ ފައިލް ފޮޓޯ

ރިޕޯޓުގައިވާގޮތުން ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ދަރަނީގެ މައުލޫމާތުތައްވެސް ހިއްސާކޮށްފައިވެއެވެ. އަދި ރާއްޖޭގެ އޮޑިޓާއި ބެހޭ އެންމެ މަތީ މުއައްސަސާއަކީ މިނިވަންކަމަށް ބަލާ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ތަނެއްކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ ސޮވަރެއިން ޑިވެލޮޕްމެންޓު ފަންޑަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލާފައިނުވާކަމަށް ބުނެފައިވެއެވެ. އަދި އެ ފަނޑަށް ފައިސާ ވަންނަ ގޮތުގެ ތަފްސީލުތަކާއި އެ ފަންޑުން ބޭނުންކުރެވިގެންދާ ގޮތްތަކުގެ ތަފްސީލުތައްވެސް ލިބެން ނެތްކަމަށް ބުނެފައިވެއެވެ.

އެމެރިކާގެ ސްޓޭޓު ޑިޕާޓުމެންޓުންވަނީ ރާއްޖޭގެ މާލި ކަންކަން އިތުރަށް ދެފުށް ފެންނަ ގޮތެއްގެ މަތިން ބެލެހެއްޓޭނެ ގޮތް ހިއްސާކޮށްފައެވެ. އެގޮތުން ރާއްޖޭގެ ސޮވަރެއިން ޑިވެލޮޕްމެންޓު ފަނޑަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލައި ފަނޑަށް ފައިސާ ވަންނަ ގޮތާއި ބޭނުންކުރެވިގެންދާ ގޮތުގެ ތަފްސީލުތައް ލިބޭނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަކީ އެ މަގަށް އެޅޭނެ ފިޔަވަޅެއްކަމަށް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: