ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑުކޮށް ސަރުކާރުން 4 ބިލިއަން ރުފިޔާ ޗާޕުކޮށްފި: ވޯލްޑު ބެންކު

ވޯލްޑު ބެންކާއިއެކު އެއްބަސްވުން ގާއިމު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ފިނޭންސް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމު އުސޫލުގެ ދަށުން ރައްޔިތުންގެ އެކައުންޓުން ނެގެނީ 170 މިލިއަން ރުފިޔާނަމަވެސް، ހަރަދަށް ޒިންމާވާ ގާނޫނު ސަސްޕެންޑުކޮށްގެން ސަރުކާރުން 4 ބިލިއަން ރުފިޔާ ނަގާފައިވާކަމަށް ވޯލްޑު ބެންކުން ބުނެފިއެވެ.

ވޯލްޑު ބެންކުގެ ރިޕޯޓެއްގައި އެ މުއައްސަސާއިންވަނީ ދިވެހިރާއްޖޭގެ މާލީ ހާލަތު ހުރި ގޮތް ބަޔާންކޮށް ފާހަގަކުރެވޭ މައްސަލަތައްވެސް ޝާއިއުކޮށްފައެވެ. އެގޮތުން، އެމްއެމްއޭ މެދުވެރިކޮށް ބަޖެޓު ޑެފިސިޓު ހަމަޖައްސަމުންދާ މިންވަރުތައް އިތުރުވެފައިވާކަމަށާއި ދަރަނި އުފެއްދުމަށް ޖާގަފަހިވެފައިވާކަމަށްވެސް ބުނެފައިވެއެވެ.

އެ މުއައްސަސާގެ ރިޕޯޓުގައިވާގޮތުން، ރާއްޖޭގެ ހަރަދަށް ޒިންމާވާ ގާނޫނަށް އަމަލު ނުކުރާ ގޮތަށް އޮންނަ އޮތުން ވަނީ 2023 ނިމެންދެން ދިގުދައްމާލާފައެވެ. އެހެންކަމުން، ސަރުކާރުން އެމްއެމްއޭއަށް ދައްކަންޖެހޭ އަދަދުތައްވަނީ ބޮޑުވެފައިކަމަށް ބުނެފައިވެއެވެ. އެ ގާނޫނަށް އަމަލުނުކުރުމުގެ ސަބަބުން، ފިނޭންސްއަށް އެމްއެމްއޭ މެދުވެރިކޮށް 4 ބިލިއަން ޗާޕުކުރުމަށް މަގުފަހިވެފައިވާކަމަށާއި އެހެންނަމަވެސް އާންމު ހާލަތެއްގައި ޗާޕު ކުރެވޭ އަދަދުތައް ހުރީ 170 މިލިއަންގައި ހިފެހެއްޓިފައިކަމަށްވެސް ބުނެފައިވެއެވެ.

ވޯލްޑްބެންކުން ބުނެފައިވާގޮތުން، ސަރުކާރުގެ މި އަމަލުތަކުގެ ސަބަބުން، އެމްއެމްއޭގެ މާލިޔާތުން ބޭނުންކޮށްފައިވާ އަދަދުތައްވަނީ 47.5 އިންސައްތައަށް އިތުރުވެގޮސްފައިކަމަށާއި އެއީ 2021ވަނަ އަހަރު ނިމިގެންދިޔައިރު 42 އިންސައްތައިގައި ހުރި އަދަދެއްކަމަށް ފާހަގަކޮށްފައިވެއެވެ. އަދި އެހެނިހެން މާލީ އިދާރާތަކަށް ސަރުކާރުން ދައްކަންޖެހޭ އަދަދުތައްވަނީ 2022 ނިޔަލަށް ގީޑީޕީގެ ނިސްބަތުން 30 އިންސައްތައަށް އަރާފައިކަމަށާއި އެކަމުގެ ސަބަބުން މާލީ ހާލަތަށް އަސަރުތަކެއް ކުރާކަމަށް ފާހަގަކޮށްފައިވާއިރު، ޕްރައިވެޓު ސެކްޓާރގެ ދަރަނީގެ މިންގަނޑުތައް އިތުރުވަމުންދާ އަދަދުތައް މަޑުޖެހެމުންދާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 80%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: