ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއްކާވެސް ޔޫޒަބަލް ރިޒާވް ދަށަށް، ހުރީ 91 މިލިއަން ޑޮލަރު!

އެމްއެމްއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

އޮކްޓޯބަރ މަހަށްފަހު މިހާ ހިސާބަށް އައިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރި އަދަދު 91 މިލިއަން ޑޮލަރަށް ދަށަށްވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ސެޕްޓެމްބަރު މަހު ރިޒާވްގައި ހުރީ 126 މިލިއަން ޑޮލަރެވެ.

އެމްއެމްއޭގެ ތަފާސް ހިސާބު ބުނާ ގޮތުން ދައުލަތުގެ ރިޒާވް މިހާ ދަށްވީ، ތެލަށް ކުރާ ހޭދަ ބޮޑުވުމުންނެވެ. އެގޮތުން ރިޒާވުން ހަރަދުކޮށްގެން ތެލަށް 800 މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު ރިޒާވްގައި 105 މިލިއަން ޑޮލަރު ހުއްޓެވެ. އެހެންކަމުން މިއަހަރުގެ އޮކްޓޯބަރ މަސް ފާހަގަވެފައިވަނީ ރިޒާވް އެންމެ ބޮޑަށް ދަށްވީ މަހުގެ ގޮތުގައެވެ. މިހާރު ރަސްމީ ރިޒާވްގައި ހުރީ 552 މިލިއަން ޑޮލަރުކަމަށްވާއިރު، ރަސްމީ ރިޒާވްއިން މިއަހަރުގެ ޖެނުއަރީ މަހުން މިހާ ހިސާބަށް އައިރު 238 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: