ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2022 އާއި ބަލައި 2023 ސެޕްޓެމްބަރުގެ އާމްދަނީ 18 އިންސައްތަ ދަށް: އެމްއެމްއޭ

އެމްއެމްއޭ ބިލްޑިނގް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީ އޭގެ ކުރީ އަހަރަށްވުރެ 18 އިންސައްތަ ދަށްކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން ދިވެހިރާއްޖޭގެ އިގްތިސާދާއި މާލިއްޔާތުގެ ހާލަތު ބަޔާންކޮށް ނެރެމުންދާ “އިކޮނޮމިކް އަޕްޑޭޓް” ގައި އެ މުއައްސަސާއިންވަނީ ދިވެހިރާއްޖޭގެ ޕަބްލިކް ފައިނޭންސް އާއި ގުޅޭ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު ދަށްކަމަށާއި، 373.1 މިލިއަންގެ ދަށްވުމެއް އައިސްފައިވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އެމްއެމްއޭއިން މި އަދަދުގެ ތެރޭގައި ގްރާންޓުތައް ހިމަނާފައި ނުވެއެވެ.

އެ މުއައްސަސާއިން ހިއްސާކޮށްފައިވާގޮތުން، ޓެކްސް ފައިސާ ނޫން އެހެނިހެން ގޮތް ގޮތުން ލިބޭ އާމްދަނީ 204.4 މިލިއަނުން ދަށްވެގެންދިޔައިރު، ޓެކްސް ފައިސާ ލިބުނު އަދަދުތައް 167.5 މިލިއަނުން ދަށްވެފައިވެއެވެ. ޖުމުލަ ހަރަދުތައްވެސް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު ދަށްކަަމަށް ބުނެފައިވެއެވެ. އެގޮތުން ދަރަނި ދެއްކުންވެސް ހިމެނޭހެން 37.1 މިލިއަނުން ހަރަދުތައް ދަށްވެފައިވާކަމަށްވެސް ބުނެފައިވެއެވެ.

އެމްއެމްއޭއިން ބުނެފައިވާގޮތުން، ހަރަދުތައް ދަށްވުމަށް ދިމާވި މައިގަނޑު ސަބަބަކީ ކެޕިޓަލް ހަރަދުތައް މަދުވުމެވެ. އެގޮތުން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުރި ހަރަދުތައް 2022 ވަނަ އަހަރާއި އަޅާ ބަލާއިރު 190.4 މިލިއަން ދަށްކަމަށާއި އެހެންނަމަވެސް ރިކަރެންޓު ހަރަދުތައް 153.3 މިލިއަނުން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިތުރު ވެފައިވާކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

އެމްއެމްއޭއިން ވަނީ ދިވެހިރާއްޖޭގެ ދަރަނީގެ ހާލަތާއި ގުޅޭ ބައެއް ތަފްސީލުތައްވެސް ހިއްސާކޮށްފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރު ނިމުނު އިރު ސަރުކާރުން ގެރެންޓީ ކޮށްފައިވާ ދަރަނި ނުހިމަނާ ދިވެހިރާއްޖޭގެ ޖުމުލަ ދަރަނި 103.7 ބިލިއަންގައިކަމަށާއި މިއީ ދެވަނަ ކުއާޓާއާއި އަޅާ ބަލާއިރު 6 އިންސައްތައިގެ އިތުރުވުމެއްކަަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން ތިން ވަނަ ކުއާޓާރ ނިމިގެންދިޔަ އިރު ޖީޑީޕީގެ ނިސްބަތުން ދަރަނި ހުރީ 97 އިންސައްތައިގައިކަމަށާއި ދަރަނި އިތުރުވުމަށް ދިމާވީ ބޭރުން ނަގަމުންދާ ފައިސާގެ ސަބަބުންކަަމަށްވެސް ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ އެންމެ މުހިން،މު އެއް އިގްތިސާދީ ސިނާއަތުކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް ތަފްސީލުތައްވެސް މި ރިޕޯޓުގައި އެމްއެމްއޭއިންވަނީ ހިއްސާކޮށްފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދިވެހިރާއްޖެއަށް އައިސްފައިވަނީ 163،658 ފަތުރުވެރިންކަމަށްވާއިރު، އެއީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހާ އަޅާ ބަލާއިރު 11 އިންސައްތައިގެ އިތުރުވުމެއްކަމަށްވެސް ބުނެފައިވެއެވެ. ފަތުރުވެރިން އިތުރުވެފައިވާ މައިގަނޑު އެއް ސަބަބަކީ ޗައިނާއިން އަންނަ މީހުން އަދަދުތައް އިތުރުވުމާއި ޔޫރަޕް ފަދަ މާކެޓުތަކުން އަންނަ މީހުން އަދަދުތައް އިތުރުވުންކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

އެމްއެމްއޭއިން ބުނެފައިވާގޮތުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދިވެހިރާއްޖޭގެ އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީވެސް އިތުރުވެފައިވެއެވެ. އެގޮތުން 2022 ވަނަ އަހަރާއި އަޅާ ބަލާއިރު 3820 އެނދހު އިތުރުވެފައިވާކަމަށް ހިއްސާކޮށްފައިވެއެވެ. އެހެންނަމަވެސް އޮކިއުޕަންސީ ރޭޓު 2022 ވަނަ އަހަރާއި އަޅާ ބަލާއިރު ދަށްކަަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: