ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023 ގެ ފަހު ކުއާޓާގައި ފަތުރުވެރިކަމާއި ޓްރާންސްޕޯޓް ދާއިރާގެ ޕާފޯމެންސް ދަށް: އެމްއެމްއޭ

އެމްއެމްއޭ ބިލްޑިނގް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ފަހު ކުއާޓާރގައި ރާއްޖޭގެ ފަތުރުވެރިކަމާއި ދަތުރުފަތުރު އަދި މުއާސަލާތީ ދާއިރާއިން ދަށް ޕާފޯމެންސެއް ދައްކާފައިވުމުން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެގެން އައި ދުވެލި މަޑުޖެހިގެންދިޔަކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން 2023 ވަނަ އަހަރުގެ 4 ވަނަ ކުއާޓާގައި ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ހުރި ގޮތް ބަޔާންކޮށް ނެރިފައިވާ ރިޕޯޓުގައި އެ މުއައްސަސާއިންވަނީ 2023 ވަނަ އަހަރުގެ ނިމިގެންދިޔައިރު ދިވެހިރާއްޖޭގެ ޖީޑީޕީ ރޭޓު އިތުރުވަމުންދިޔަ ދިއުމަށް އަސަރުކުރިކަން ފާހަގަކޮށްފަައެވެ.

އެމްއެމްއޭއިން ބުނެފައިވާގޮތުން 2023 ވަނަ އަހަރު ފެށިގެން އައި އިރު އެކުލަަވާލާފައިވާ ހިސާބުތަކަށް ބެލުމުން އަހަރު ނިމިގެންދިޔައިރު އުފެއްދުންތެރިކަމުގެ ރޭޓު އިތުރުވެގެންދިޔަ ދިއުން މަޑުޖެހިފައިވާކަން ފެނިގެންދާކަމަށެވެ. ކުރިން ލަފާކުރިވަރަށްވުރެ އުފެއްދުންތެރިކަން އިތުރުވެގެންދިޔަ ނިސްބަތް މައިގަނޑު ގޮތެއްގައި ދަށްވެފައިވަނީ ޓްރާންސްޕޯޓު ކޮމިއުނިކޭޝަން އަދި ޓުއަރިޒަމް ދާއިރާގެ ތެރޭގައި މަސައްކަތްތަކުގެ ޕާފާމެންސް ދަށްވުމުންކަމަށްވެސް ބުނެފައިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ވެއްޓުމެއް އައިސްފައިވަނީ ރިސޯޓުތަކުން ވިއްކުނު ބެޑްނައިޓްގެ އަދަދުތައް ދަށްވުމުންކަމަށާއި އެހެންނަމަވެސް ޖުމުލަ އެނދުތަކުގެ އަދަދުތައް އިތުރުވެފައިވާކަމަށް ހިއްސާކުރިއެވެ. އަދި ރިސޯޓު ބެޑްނައިޓަށް ކުރާ އަސަރުތަކުން މުޅި ދާއިރާއަށް ބޮޑެތި ގެއްލުންތައް ލިބިގެންދާނެކަމަށް ހިއްސާކޮށްފައިވެއެވެ.

އެމްއެމްއޭއިންވަނީ ރާއްޖޭގެ އިންފްލޭޝަން ރޭޓާއި ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ކުރިއާ އަޅާ ބަލާއިރު، 2023 ވަނަ އަހަރުގެ ފަހު ކުއާޓާރގައި އިންފްލޭޝަން ރޭޓު ދަަށަށް ގޮސްފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: