ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2024އަކީ މި ފަހުން އެންމެ ބޮޑަށް ބާޒާރުގެ އަގުތައް އުފުލޭނެ އަހަރު: ފިނޭންސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރަކީ މި ފަހުން ރާއްޖޭގެ ބާޒާރުގެ އަގުތައް އެންމެ ބޮޑަށް އުފުލިގެންދާނެ އަހަރުކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

2024 ވަނަ އަހަރުގެ ބެޖެޓު ފޮތުގައިވާގޮތުން، 2024 ވަނަ އަހަރުގެ ތެރޭގައި ސަބްސިޑީ ދިނުމުގެ އުސޫލަށް ގެނައުމަށް ހުށައަޅާ ބަދަލާއިއެކު އެ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ބާޒާރުގެ އިންފްލޭޝަން ރޭޓު ހުންނާނެކަމަށް ލަފާކުރެވެނީ 3.9 އިންސައްތައިގައިކަމަށެވެ. އެހެންނަމަވެސް ހުށައެޅިފައިވާ ސިޔާސަތުތައް ތަންފީޒުނުކުރާނަމަ، އެ އަދަދުތައް ހުންނާނީ 1 އިންސައްތައިގައިކަމަށްވެސް ފިނޭންސްއިން ބުނެފައިވެއެވެ.

އެ މިނިސްޓްރީއިން ބުނެފައިވާގޮތުން 2024 ވަނަ އަހަރަކީ 2013 ވަނަ އަހަރަށްފަހު ދިވެހި ބާޒާރުގެ އަގުތައް އެންމެ ބޮޑަށް އުފުލިގެންދާނެކަމަށް ލަފާކުރެވޭ އަހަރެވެ. އަދި އަހަރު ނިމޭއިރު، ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުންނާނެކަމަށް ލަފާކުރެވެނީ 605.7 މިލިއަން ޑޮލަރުކަަމަށްވެސް ބުނެފައިވެއެވެ.

ފިނޭންސްއިން ބުނެފައިވާގޮތުން، ދިވެހިރާއްޖޭގެ އިގްތިސާދަށް އަންނާނެކަމަށް ލަފާކުރެވޭ ކުރިއެރުމާއިއެކު ދައުލަތަށް ލިބޭ ހިލޭ އެހީ އާއި އާމްދަނީވެސް އިތުރުވެގެންދާނެކަމަށް ލަފާކުރެވެއެވެ. އެގޮތުން 3.4 އިންސައްތައިގެ އިތުރުވުމަކާއިއެކު 2024 ވަނަ އަހަރުގެ ތެރޭގައި 33.5 ބިލިއަން ޖުމުލަކޮށް ލިބޭނެކަމަށް އަންދާޒާ ކުރެވޭކަމަށެވެ.

2023 ވަނަ އަހަރު ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރި އަދަދުތައްވެސް އިތުރުވާނެކަމަށް ބެލެވެއެވެ. އެހެންކަމުން 2023 ވަނަ އަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވާ އަދަދުތަކަށް ވުރެ އިތުރުވެގެންދާނެކަމަށާއި އިގްތިސާދީ ކުރިއެރުމާއިއެކު މެދު ރާސްތާގައިވެސް އާމްދަނީ އިތުރުވެގެންދާނެކަމަށް ލަފާކުރެވޭކަމަށެވެ.

ފިނޭންސްއިން ބުނެފައިވާގޮތުން 2024 ވަނަ އަހަރަށް ހުށައަޅާފައިވާ 49.5 ބިލިއަންގެ ޖުމުލަ ބަޖެޓުން 47.3 ބިލިއަނަކީ ހަރަދު ގޮތުގައި ކަނޑައެޅިފައިވާ އަދަދުކަމަށާއި ދަރަނި އަނބުރާ ދެއްކުމަށްޓަކައި 2.2 ބިލިއަނަށްވުރެ އިތުރު އަދަދެއް ހިމަނާފައިވާކަމަށެވެ. މިނިސްޓްރީއިން ހިއްސާކޮށްފައިވާގޮތުން ހިންގަމުންދާ މަޝްރޫއުތަކާއިި ރިކަރެންޓު ހަރަދުތައް އިތުރުވެގެންދާނެކަމަށް އަންދާޒާ ކުރެވޭ ކަމަށްވުމުން އަހަރަކުން އަހަރަކަށް ދައުލަތުގެ ބަޖެޓުވެސް 6.6 އިންސައްތައިން އިތުރުވެގެންދާނެކަމަށާއި ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ރާވާފައިވާނަމަވެސް 2024 ވަނަ އަހަރުގެ ހަރަދުތައްވެސް ޖުމުލަކޮށް 0.5 އިންސައްތައިން އިތުރުވެގެންދާނެކަމަށް ލަފާކުރެވޭކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: