ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުން ހަގީގަތް އޮޅުވާލަން އުޅުނަސް ދުނިޔެއަށްވެސް އެނގޭ: މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު

ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނުގެ ރައްޔިތުންނަށް މިހާރު ކުރިމަތިލާންޖެހިފައިވާ ހާލަތަކީ ހަމާސްއިން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ހަމަލާދިނުމުގެ ނަތީޖާކަަމަށް ދެއްކުމަށް އިސްރާއީލާއި ހުޅަނގުގެ ބައިވެރިން މަސައްކަތްކުރާކަަމަށް މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ މަހާތީރު މުހައްމަދު ވިދާޅުވެއްޖެއެވެ.

ގިނަ ދުވަސްތަކަކަށްފަހު އަމިއްލަ ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ވީޑިއޯއެއްގައި މަހާތީރުވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އޭނާވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް އަތުލައިގަނެފައިވާކަން އަދި ދަރިފަސްކޮޅެއް ނައްތާލުމުގެ ލާއިންސާނީ އަމަލު ހިންގަމުންދާކަމަށް ފާހަގަކުރައްވާފައެވެ.

މަހާތީރު ވިދާޅުވީ، އިސްރާއީލުން މަސައްކަތްކުރަމުންދަނީ އެ ގައުމުން ފަލަސްތީނުގެ ބިންތަކަށް ހިއްޕާލާފައިވާ ވަކިތައް އިތުރަށް ބާރު ކުރުމަށްކަމަށެވެ. އޭނާ ވިދާޅުވީ، ހިނގަމުންދަނީ ލަފާކުރެވިފައިނުވާ ކަމެއް ނޫންކަމަށާއި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން ދުނިޔެމަތިން ފޮހެލައި މެޕުތަކުން ފަލަސްތީނުގެ ނަންވެސް ފޮހެލުމަށް ބޭނުންވާކަމަށެވެ.

އޭނާ ވިދާޅުވީ، އިސްރާއީލާއި އެ ގައުމާއި ބައިވެރިވާ އެހެން ދައުލަތްތަކާއި މީޑިއާތަކުން މަސައްކަތްކުރަމުންދަނީ ފަލަސްތީނުގައި މިވަގުތު ހިނގަމުންދާކަމަކީ ހަމާސްގެ ސަބަބުން ދިމާވެފައިވާ މައްސަލައެއްކަމަށް ދެއްކުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އެހެންނަމަވެސް ބާކީ ދުނިޔެއަށް ހަގީގަތް އެނގޭކަމަށާއި އެ ހަމަލާއަކީ އިސްރާއީލުން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހިންގަމުންއައިސްފައިވާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ތެދުވުގެ ގޮތުން ހިންގި އަމަލެއް ކަމަށް ވިދާޅުވިއެވެ.

މަހާތީރު ވިދާޅުވީ، ހަމާސް އުފެދިގެންދިއުމާއި އެ ޖަމާއަތުން ދީފައިވާ ހަމަލާއަކީވެސް އިސްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމުގެ ގޮތުން ހިންގަމުންދާ އަމަލުތަކުގެ ނަތީޖާކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ހުޅަނގުގެ ގައުމުތަކުގެ އަމަލުތަކުގެވެސް ނަތީޖާތައްކަމަށާއި ހާއްސަ ގޮތެއްގައި އެމެރިކާ އޭނާ ފާހަގަކުރެއްވިއެވެ.

އޭނާވަނީ އިސްރާއީލަށް ތާއީދުކުރާ މީހުން ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން ދެކެން ބޭނުންވަނީ ކޮން މަންޒަރެއްތޯ ސުވާލުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެ ރައްޔިތުންނަކީ ކާފަ އާއި މާމައިން ފެށިގެން ތުއްތު ދަރިއާއި ޖެހެންދެން މަރާލާ މަންޒަރާއި ރޭޕުކުރާ މަންޒަރު ފެނިފައިވާ މީހުންކަމަށެވެ. އޭނާ ވިދާޅުވީ، އިސްރާއީލުންވަނީ އެ މީހުން ހިފަހައްޓައި އެތަކެއް ލާއިންސާނީ އަމަލުތަކެއް ހިންގާފައިކަމަށެވެ.

މަހާތީރު ވިދާޅުވީ، އިންސާނިއްޔަތު ފަދަ ކަންކަން އަތުކުރީގައި އަޅައިގެން މަސައްކަތްކުރަމުންދާ ބައިނަލްއަގުވާމީ ބާރުތަކުން ހިނގަމުންދާ ކަންކަން ނުފެންނަކަމަށް ހަދާކަަމާއި، ތާއީދުކޮށް އަސްކަރީ އެހީތެރިކަންވެސް ފޯރުވާކަމަށެވެ. އެހެންކަނުން ކަން އިތުރަށް ގޯސްވެގެންދާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ފަލަސްތީނުގެ މައްޗަށް ހިންގާފައިވާ އަނިޔާވެރިކަންތަކުން އެކި ޖީލުތަކަށް އަސަރުކޮށްފައިވާކަމަށެވެ.

އޭނާވަނީ ހިއްސާކުރެއްވި ވީޑިއޯގައި ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. އެގޮތުން ހުޅަނގުގެ ގައުމުތަކުގެ އިސްވެރިންނަކީ ނުބައި ނުލަފާ ބައެއްކަމާއިމެދު ސުވާލު ކުރެވެމުންދާކަމަށާއި، އެހެންނަމަވެސް އެ މީހުން ހިޔާލުތައް ނޭނގުނަސް ފެންނަ އަމަލުތަކަށް ބިނާކޮށް މަހާތީރުވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އެމެރިކާ އަދި އިންގިރޭސިވިލާތު ފަދަ ގައުމުތަކުން ޑިމޮކްރެސީ ފަދަ ކަންކަމަށް ވަކާލާތުކޮށް އެ ވާހަކަތައް ދައްކަނީ އެ މީހުންނަށް އެކަން ފައިދާވާކަމަށް ވާނަމަ ކަމަށެވެ.

މަހާތީރު ވިދާޅުވީ އެމެރިކާއަކީވެސް ބިމަކަށް ވަޒަންވެރިވި ބައެއްކަމަށެވެ. އެ މީހުން އެ ބިމަށް ވަޒަންވެރިވުމުގެ ތެރޭގައި އެ ސަރަހައްދަށް އުފަންވެ ދިރިއުޅެމުންދިޔަ މީހުން ނަސްލީގޮތުން ނައްތާލުމަށް މަސައްކަތްކުރިކަމަށްވެސް ބުނެފައިވެއެވެ. އޭނާ ވިދާޅުވީ، އެމެރިކާގެ މީހުން ނޭޓިވް އެމެރިކަން ރައްޔިތުންނާއިމެދު އަމަލުކުރި ގޮތާއި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއމެދު އަމަލުކުރާ ގޮތާއި ތަފާތެއް ނެތްކަމަށެވެ.

އޭނާ ވިދާޅުވީ، އިނގިރޭސިވިލާތަކީ އެމެރިކާގެ ގޮނޑިކޮއްކޮއެއް ނަމަވެސް އެ ގައުމަކީ ކުރީގެ އިސްތިއުމާރީ ދުވަސްތަކުގެ ހަނދާންތައް އަދިވެސް ގެންގުޅޭ ގައުމެއްކަަމށްވުމުން، އެ ގައުމުން އެފަދަ އަމަލެއް ހިނގާތަން ބަލަހައްޓައިގެން ތިބެން ތައްޔާރުކަަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: