ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023ގެ ޑިސެމްބަރު މަހު ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރަން ފައިސާއެއް ނުދައްކާ: މީރާ

މީރާ އާއި ފިނޭންސް މިނިސްޓްރީ ހިންގާ އޮފީސް؛-ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރިސޯޓު ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ގޮތުގައި އެއްވެސް އަދަދެއް ލިބިފައިނުވާކަމަށާް މީރާ އިން ބުނެފިއެވެ.

އެ ކުންފުނިން ހިއްސާކޮށްފައިވާގޮތުން 2023 ވަނަ އަހަރުގެ ތެރޭގައި އަންދާޒާ ކުރިވަރަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވެއެވެ. އެގޮތުން 24.74 ބިލިއަނަކީ އަންދާޒާ ކުރިވަރަށްވުރެ 6.5 އިންސައްތަ އިތުރު އަދަދެއްކަމަށާއި އަންދާޒާ ކުރީ 23.06 ބިލިއަން ރުފިޔާ ލިބޭނެކަމަށް ކަންވެސް އެ ކުންފުނިން ހިއްސާކުރިއެވެ.

މީރާ އިން ބުނެފައިވާގޮތުން އެ ކުންފުނިންވަނީ 2023ގެ ޑިސެމްބަރު މަހުގެ ތެރޭގައި 2.21 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ބަލައިގަނެފައެވެ. އެ އަދަދަކީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލިބުނު އާމްދަނީއަށްވުރެ 15.4 އިންސައްތަ ދަށް އަދަދެއްކަމަށްވާއިރު އަދަދެއްކަމަށާއިރު އެއީ އަންދާޒާ ކުރި ވަރަށްވުރެ 9.4 އިންސައްތައް ދަށް އަދަދެއްކަމަށްވެސް ބުނެފައިވެއެވެ. މީރާއިން ހިއްސާކޮށްފައިވާގޮތުން އާމްދަނީ މަދުވުމުގެ މައިގަނޑު ސަބަބަކީ ރިސޯޓު ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ލިބު އާމްދަނީގެ އަދަދުތައް ދަށްވުމެވެ.

މީރާއިން ބުނެފައިވާގޮތުން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި އެއްވެސް އާމްދަނީއެއް ލިބިފައިނުވެއެވެ. އެހެންކަމުން ޖުމްލަކޮށް ބަލައިގަތް އާމްދަނީ ދަށްކަމަށްވެސް މައުލޫމާތު ދީފައިވެއެވެ. މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޑިސެންބަރު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، އެކްސްޕަޓްރިއޭޓް ކޯޓާ ފީ، ޖީ.ޖީ.އެސް.ޓީ އަދި ވޯރކް ޕާމިޓް ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަދި ޑިސެންބަރު 2023 ގައި ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %30.5 އިތުރުވުމުގެ ސަބަބުން، ފަތުރުވެރިކަމުގެ ދައިރާއާއި ގުޅުންހުރި އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: