ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީރާއަށް ޓެކްސް ފައިސާ ނުދައްކާ 396 ފަރާތެއްގެ ނަން ހާމަކޮށްފި

ނޮވެންބަރު މަހު މީރާއިން 1.24 ބިލިއަން ރުފިޔާ ވަނީ ބަލައިގެންފައި
ޝެއާރކޮށްލާ ކަހަލަދޯ؟

މީރާއަށް، ޖީއެސްޓީ ގްރީން ޓެކްސް އަދި ވިތްހޯލްޑިންގް ޓެކްސް ބަޔާން ނާޅާ ފަރާތްތަކާއި، ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓެއް އާންމުކޮށްފިއެވެ.

މީރާއިން މައުލޫމާތު ދީފައިވާގޮތުން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެކުލަވާލާފައިވާ ލިސްޓުގައި ހިމެނެނީ ޖުމުލަކޮށް 396 ފަރާތެއްގެ ނަމެވެ.

މީރާއިން މައުލޫމާތު މިހާތަނަށް ޓެކްސް ބަޔާނާއި ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓުން ބަޔާން ހުށައަޅާ ފައިސާ ދައްކާ ފަރާތްތައް އުނިކުރެވިގެންދާނެއެވެ. އަދި ޓެކްސް ފައިސާ އެއް ފަހަރާ ދެއްކުމަށް އުޒުރުވެރިވާނަމަ  އިންސްޓޯލްމެންޓު ޕްލޭނެއްގެ ދަށުން  ދެއްކޭނެ ގޮތް ހަމަޖައްސައިދެވޭނެ ކަމަށް މީރާއިން ބުނެފައިވެއެވެ.

މިރާއިން ބުނެފައިވާގޮތުން، ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާ ހޯދުމުގެ ގޮތުން، އެޅުމަށް ކަނޑައެޅިފައިވާ އިތުރު ފިޔަވަޅުތަކެއްގެ ވާހަކަތައް ވާނީ ހިއްސާކުރެވިފައެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި ޓެކްސް ފައިސާ ދެއްކުމަށް ނޯޓިސްއެއް ދިނުމަށްފަހު އެ ފަރާތެއްގެ އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: