ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫއޭއީ އާއި ދިވެހިރާއްޖެ ދެމެދުގައި އޮތް ގާތް ގުޅުމަށް އާ ދައުރެއް ގެނެވޭނެ: ރައީސް މުއިއްޒު

ރައސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޔޫ.އޭ.އީ.ގެ 52 ވަނަ ޔޫނިއަން ދުވަހުގެ ޙަލްފާގައި ބައިވެރިވެވަޑައިގަތުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނައިޓެޑް އަރަބް އެމިރޭޓާއި ދިވެހިރާއްޖެ އާިއ ދެމެދުގައި އޮތް ގާތް ގުޅުމަށް އާ ދައުރެއް ގެނެސްދެއްވުމަށް، އެ ގަައުމާއެކު ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ 52 ވަނަ ޔޫނިއަން ޑޭ ގެ މުނާސަބަތުގައި ރޭ ބޭއްވެވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ހޮޓެލް ޖެންގައި ބޭއްވި މި ޙަފްލާގައި، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، އެމަނިކުފާނުގެ ނައިބު ހުސައިން މުހައްމަދު ލަޠީފާއި ދައުލަތުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ވަރުގަދަކޮށް، އެއް އަމާޒަކަށް މަސައްކަތްކުރާ ބައެއްކަމަށް ވުމުން ހޯދޭ ކުރިއެރުންތައް، މީގެ 52 އަހަރު ކުރިން އެމިރޭޓްސްގައި ހިމެނޭ ގައުމުތަކުން ގުޅުން ހާއިމުކޮށް ދެއްކި ނަމޫނާއިން ރަމްޒުކޮށްދޭކަމަށް ވިދާޅުވިއެވެ. އަދި ޔޫއޭއީއަށް ވަރަށް ބޮޑު އިޖާދީ ބަދަލެއް އައިސްފައިވާކަން ފާހަގަކުރައްވައި، ރަސްމިއްޔާތުގެ އުފާވެރި މުނާސަބަތަކީ އެ ކާމިޔާބީތައްކަމަށް ފާހަގަކޮށް އެމަނިކުފާނު މަރުހަބާ ދެންނެވި އެވެ.

ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ޔޫއޭއީ އަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލްކަމަށާއި، އެ ގައުމަކީ ތަރައްގީއާއި، ފުދުންތެރި ރައްޔިތެއްގެ ފުރިހަމަ މިސާލެއް ކަމުގައި ސިފަކުރެއްވިއެވެ. ހަމައެއާއެކު، ޔޫއޭއީ އަކީ އެ ގައުމުގެ ރައްޔިތުންގެ އާދަޔާ ހިލާފު ރޫހު ދައްކުވައިދީފައިވާ ގައުމެއްކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އަހަރަކީ ރާއްޖެއާއި ޔޫއޭއީ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރިތާ 45 އަހަރު ފުރޭ އަހަރުކަމުގައި ވިދާޅުވެ، ވޭތުވެދިޔަ އަހަރުތަކުގައި ދެ ގައުމުގެ ދެމެދުގައި ރަނގަޅު ގުޅުމެއް އުފެދިފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއޫގެ މަސައްކަތް ނިންމުމަށްޓަކައި، ދާދިފަހުން އެ ގައުމުން އިތުރު ފައިސާގެ އެހީ ފޯރުކޮށްދެއްވި ކަމީ، ދެ ގައުމުގެ ގާތް ގުޅުމުގެ ހެއްކެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: