ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުން އާ ސަރުކާރުގެ ވައުދުތައް ތަންފީޒު ކުރަން ފެށޭނެ: މާލީ ވަޒީރު

ފިނޭންސް މިނިސްޓަރު ޝަފީގް މިއަދު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި މި ސަރުކާރުގެ ވައުދުތައް ތަންފީޒު ކުރަން ހިމަނާފައިވާނެ ކަމަށް މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި ޑރ. ޝަފީގު ވިދާޅުވީ، 450 ޕީއެސްއައިޕީ މަޝްރޫއަށް މިސަރުކާރުގެ ފުރަތަމަ 14 ހަފްތާ ތެރޭގައި ހުށަހަޅާފައިވާ ކަންކަމަށް ބޭނުންވާ ޖާގަ މި ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި މަޝްރޫއުތައް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ މި މަޝްރުއޫތަކަށް 1.5 ބިލިޔަން ރުފިޔާ މި ސަރުކާރުން ހިމަނާފައިވާ ކަމަށާއި އިގްތިސާދު ކުރިއެރުވުމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މަޝްރޫއު ނިންމުމަށާއި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް މަގުފަހިވާނޭ ފަދަ އިތުރު ރީޖަނަލް އެއާޕޯޓްގެ މަސައްކަތް ކުރިޔަށް ގެންދިޔުން ހިމެނޭ ކަމަށާއި ވީއައިއޭ ނިންމުމަށް ހާއްސަ އިސްކަމެއް މިސަރުކާރުން ދެއްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމުން އިތުރު މަންފާލިބޭނެ ގޮތްތައް ތަނަވަސްކޮށް އެ ސިނާޔަތްތައް ފުޅާކުރުމަށްވެސް މި ސަރުކާރުން އިސްކަމެއް ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީގެ 1،700 އަށް ވުރެ ޕްރޮޖެކްޓް ހިމަނާފައިވެއެވެ.

ޝަފީގު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ، މިހާރު ކުރިއަށްދާ މަޝްރޫއުތައް ވެސް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތްތަކަށް ހޯދައިގެން ކުރިއަށް ދިއުމަށެވެ. ނަމަވެސް، މިއަހަރުގެ ބާކީ ދުވަސްތަކުގައި ކޭޝްފްލޯގެ ތާށިކަން އޮންނާނެ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަންނަ އަހަރުގެ ޚަރަދު ކުޑަކުރުމަށް އަންނަ ޖުލައިމަހު ފިޔަވަޅުތައް އަޅާނެ ކަމަށާއި ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތުގެ ހަރަދާއި ފައިނޭންސް ހޯދަން ޖެހޭ މިންވަރު ކުޑަކުރަންޖެހޭ ކަމަށެވެ. އަދި ހަރަދު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރުމަކީ މުހިއްމު ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ޝަފީގު ވިދާޅުވީ، ހަރަދުތައް ކުޑަކުރުމަށް ޑައިރެކްޓް ސަބްސިޑީއަށް ބަދަލުކޮށް އާސަންދަ އާއި ވެލްފެއާ ހަރަދުތައް ކުޑަކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ހަރަދުތައް ކުޑަ ކުރުމަށް ސަރުކާރުގެ ހުރިހާ އިދާރާއަކުން ވެސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް އަންނަ އަހަރު ދޭން ޖެހޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: