ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު ރިޔާސީ ދައުރުގެ ފުރަތަމަ ޓީބިލުތައް ވިއްކަން ހުޅުވާލައިފި!

ފިނޭންސް މިނިސްޓަރު ޝަފީގް މިއަދު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައު ރިޔާސީ ދައުރުގެ ފުރަތަމަ ޓީބިލު ވިއްކުމަށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން ހިއްސާކޮށްފައިވާގޮތުން ޖުމުލަކޮށް ވިއްކުމަށް ހަމަޖެހިފައިވަނީ 2.8 ބިލިއަން ރުފިޔާގެ ޓީބިލެވެ. އެގޮތުން 29 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 1.8 ބިލިއަންގެ ޓީބިލެއް ވިއްކުމަށް ހުޅުވާލާފައިވާއިރު، 97 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް ކަނޑައަޅާފައިވާ 230 މިލިއަން ރުފިޔާގެ ޓީބިލެއްވެސް ވިއްކުމަށް ހަމަޖެހިފައިވެއެވެ.

ސަރުކާރުވަނީ 180 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް 80 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރުން 686.1 މިލިއަންގެ ޓީބިލެއްވެސް ވިއްކުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފައެވެ. މި ތަކެތި އަނބުރާ ދައްކާއިރު އެކުލަވާލަންޖެހޭ އިންޓްރެސްޓް ރޭޓުތައް ތިބީ 3.50 އިންސައްތައާއި 4.60 އިންސައްތަ ދެމެދު ކަމަށްވާއިރު، އެންމެ ގިނަ ދުވަހަށް ދޫކުރި ޓީބިލުވެސް މިއަހަރުގެ ތެރޭގައި އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: