ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީ ބަދުނާމު ކުރާކަމަށް ބުނެ މަލީހް ސަސްޕެންޑްކޮށް މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ހުށަހަޅައިފި

ޕީޕިއެމްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްގެ ސެނެޓަރ ގެ މަގާމް ފުރުއްވަމުން އަންނަ މުހައްމަދު މަލީހް ޖަމާލް ޕާޓީ ބަދުނާމުކުރާ ކަމަށާއި އަދި ޕާޓީގެ ގަވައިދާ ހިލާފުވެފައި ވާކަމަށް ބުނެ އެޕާޓީގެ ލީޑަރޝިޕުން ސުލޫކީ ކޮމިޓީއަށް މައްސަލަ ހުށަހަޅައިފިއެވެ.

ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ސޮއިކުރައްވައި ސުލޫކީ ކޮމިޓީ އަށް ފޮނުއްވި ސިޓީއެއްގައި ވަނީ ޕީޕީއެމް ސެނެޓަރެއްގެ މަގާމުގައި ހުންނަވައި ޕާޓީ ބަދުނާމް ކުރައްވައި ޕާޓީ ބައިބައި ކުރެއްވުމުގެ މަސައްކަތްތަކެއް މަލީހް އިސްކޮށް ހުންނަވައިގެން ކުރައްވަމުން ގެންދަވާ ކަން ޕާޓީގެ ލީޑަޝިޕަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ލީޑަރޝިޕުގެ ނުވަތަ ސެނެޓުގެ މަޝްވަރާއެއް ނެތި ޕާޓީގެ ނަމުގައި ޕްރެސް ކޮންފަރެންސެއް ބާއްވަވައި ޕާޓީގެ އަސާސްތަކައި ހިލާފަށް ޕާޓީ ބަދުނާމުކޮށް ބައިބައި ކޮށްފައިވާ ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން އެސަބަބުތަކާއި ލައިގެން ޕާޓީގެ ގަވައިދުގެ 8 ވަނަ މާއްދާއިން ލީޑަރޝިޕަށް ލިބިގެންވާ ބާރުގެ ދަށުން މަލީހް ޕާޓީގެ ހަރަކާތް ތަކުން ސަސްޕެންޑްކޮށް ސުލޫކީ ކޮމިޓީއަށް މައްސަލަ ހުށަހަޅައިފައިވާ ކަމަށް ސިޓީގައި ބަޔާން ކޮށްފައި ވެއެވެ. އަދި ސުލޫކީ ކޮމިޓީން ގޮތެއް ނިންމުމާއި ހަމައަށް ޕީޓީގެ އެއްވެސް ހަރަކާތެއްގައި އޭނާއަށް ބައިވެރި ނުވެވޭނެ ކަމަށްވެސް އަންގައިފައިވެއެވެ.

މި ސިޓީ ފޮނުވައިފައިވަނީ ޕީޕީއެމްގެ ކޮންގްރެސް އިން ފާސްކޮށް އެ ޕާޓީ ހިންގުމުގެ ގަވައިދެއް ކަނޑައަޅާފައި ވަނިކޮށް، އޭގެ ބޭރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތީ ކޮމިޓީއެއް އެކުލަވައިލެއްވި މައްސަލައިގައެވެ. ޔާމީން ނެންގެވި ކޮމިޓީގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. އިދާރީ ގޮތުން އެ ކޮމިޓީގައި އެންމެ އިސްކޮށް އުޅުއްވަނީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. ޕާޓީގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު މި ކޮމިޓީގައި ނުހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: