ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ކޯޅުން: ގައުމުގެ ހަލާކު!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ވެރިއަކުވެސް ވެރިކަމަށް ވަޑައިގަންނަވަނީ ރައްޔިތުންގެ ހައްގުގައި ގައުމަށްޓަކައި، ޖަނާ މާލުން ފިދާވާން ވައުދުވެގެންނެވެ. ގައުމުގައި ހުރި ހުރިހާ މައްސަލައެއް ހައްލުކޮށް، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށެވެ. ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ހަމައެކަނި ރައްޔިތުންގެ މަސްލަހަތު އިސްކޮށް ވެރިކަން ކުރުމަށެވެ. ރައްޔިތުންގެ ހިޔާލާ، ރައްޔިތުންގެ އިހުސާސްތައް ގާތުން ދެނެގަނެ ރައްޔިތުންގެ ހިއްސާއާއިއެކު ކަންކަމުގައި ގޮތް ނިންމުމަކީ ކޮންމެ ވެރިކަމެއްގެވެސް މިސްރާބުކަމަށް ބުނެއެވެ.

ރާއްޖެއަކީ ތަފާތު އެކި ސިޔާސީ ފިކުރުތަކަށް ނިސްބަތްވާ ބަޔަކު ދިރިއުޅޭ ގައުމަކަށްވާއިރު، ހުރިހާ ފިކުރަކާއިއެކުވެސް މަސައްކަތް ކުރެވޭނެކަމަށް ބުނެއެވެ. މިއީ އަދި މަދު މިންވަރަކެވެ. ވެރިކަމަށް އައުމަށްވާ ވައުދުތަކުގެ ވާހަކައަކީ ދައްކާ ދައްކާ ކޮޅުން ލާނެ ވާހަކަތަކެއް ނޫނެވެ.

އަމާޒަކީ އެެއީ ނަމަވެސް ކަން މިހެން ނުވާ ސަބަބަކީ ގާއިމްވެފައި އޮތް ސަގާފަތެއްގެ ސަބަބުންނެވެ. ވެރިކަންކޮށް، ދައުރު ހަމަވުމުން ވެރިކަމުގެ ތަހުތު ދޫކޮށް ވަޑައިގަންނަވާ ބޭފުޅާ ޖަލަށްލާތީއެވެ. އަބަދުވެސް ފެނިގެންދަނީ ކޮންމެސް އެއްކަމެއް ފެންމަތިކޮށް، ވައްގެއް ނުވަތަ ޓެރެރިސްޓެއްގެ ގޮތުގައި ކަނޑައަޅާ ޖަލަށްލާ ތަނެވެ. އައު ސަރުކާރުގެ ވެރިކަމުގެ 5 އަހަރުގެ ދައުރުގައި އިދިކޮޅުގެ ލީޑަރު ދަމަނީ ކޯޓުތަކަށެވެ. ޖަލުތަކަށެވެ. ދެން އަންނަ ރިޔާސީ އިންތިހާބާއި ހަމައަށްދާންވާއިރަށް މިނިވަން ނުވުމުގެ ސަބަބުން ޕާޓީގެ ރިޔާސީ ޓިކެޓު އެހެން ބޭފުޅަކަށް ފުރޮޅިގެން ދެއެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ އެ ބުނާ ހުދުމުހުތާރު ވެރިކަން ނިމުނުފަހުން ދެން ފެނިގެންދިޔައީ ހުސް މި މަންޒަރެވެ. 2012 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝިދު މަގާމުން އިސްތިއުފާދެއްވުމުން އެ ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ވެރިކަން ކުރެއްވީ އޭރުގެ ނައިބު ރައީސް ޑރ މުހައްމަދު ވަހީދެވެ. އެއަށްފަހު އެ ދައުރު ނިމުމުން، ބޭއްވި އިންތިހާބު ކާމިޔާބު ކުރީ ޕީޕީއެމްއިންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދައުރުގައި ރައީސް ނަޝީދަކީ ޓެރެރިސްޓެއްކަމަށް ކަނޑައަޅާ ކުރި ހުކުމުގެ ސަބަބުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަކަށް ވާދައެއް ނުކުރެވުނެެވެ.

ރައީސް ނަޝީދު ނެތް ނަމަވެސް އިންތިހާބުގައި ވާދަނުކުރުމަކީ އޭރު އެމްޑީޕީއަށް ޗޮއިސްއެއް ނޫނެވެ. އެހެންކަމުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ޕާޓީގެ ރިޔާސީ ޓިކެޓު އެރުވިއެވެ. އިންތިހާބު ކާމިޔާބުކުރެއްވީ ރައީސް ސާލިހުކަމުން، ޕީޕީއެމްއިން ނުވަތަ ރައީސް ޔާމީންއަށް ދެން މަސައްކަތް ކުރަން ޖެހުނީ އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުންނެވެ. މާ ގިނަ މަސައްކަތްތަކެއް ނުކުރެވި އުޅެނިކޮށް އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ފެންމަތިވެ ބަންދަށް ވަޑައިގަންނަވަންޖެހުނެއެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އައިސް ބޯވަތިވީއިރުވެސް ރައީސް ޔާމީން އެ ދަންތުރައިން ސަލާމަތްނުވެވި ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލުނެވެ. އެހެންކަމުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓުގައި ނިކުމެވަޑައިގަތީ ބެކަޕް ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅި، މިހާރުގެ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒެވެ.

ކޮންމެ ފަހަރަކުވެސް މިހެންވުމުން ދެން ކަންވާ ގޮތަކީ، ކުރިން ޖަލުގައި ނުވަތަ ހުކުމެއްގައި ހުންނެވި ލީޑަރ މިނިވަންވުމުން އޭރު އެ ހުންނަ ވެރިޔަކާއި ދެކޮޅުވުމެވެ. ޖަލުގައި އޮންނަވާ އެންޑޯޒް ކުރެއްވި ކެންޑިޑޭޓު ކަމުނުދިޔުމެވެ. އެމްޑީޕީގެ ސަރުކާރުގައި ފެނުނު މަންޒަރުތަކާއި އިވުނު އަޑުތަކަކީ އަޅުގަނޑު އެ ވާހަކަތައް ފާހަގަނުކުރި ނަމަވެސް ރައްޔިތުންގެ ހަނދާނުގައި އަދި ހުންނާނެ ކަންތައްތަކެވެ. މިހެންކަންވުމުގެ ސަބަބުން ސިޔާސީ ކުޅިވަރުގައި ޖެހި ދެން ފެންނަނީ ގައުމު ކުރިއަށްނުދާ މަންޒަރެވެ. ވެރިކަމުގައި އޮންނަ ޕާޓީގެ އެތެރޭގެ ކޯޅުމުގެ ސަބަބުން، ސަރުކާރު އެކީ ރައީސްގެ ޑިފެންސަށް ފައިބެ، ދައުލަތުގެ މަސައްކަތްތައް އެކަށީގެންވާ ސްޕީޑެއްގައި ކުރިއަށް ނުދިއުން، މިއީ ކަންވެގެންދާ ގޮތެވެ. މިކަމުގެ ގެއްލުން ތަހައްމަލު ކުރަންޖެހެނީ ރައްޔިތުންނަށެވެ. ވީ ވައުދު ފުއްދާނެކަމުގެ އުއްމީދުގައި ތިބި ރައްޔިތުންނަށް ލިބިގެންދަނީ މާޔޫސްކަމެކެވެ.

ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ހަދާފައިވާ އެހެން ވުޒާރާތަކާއި، އިދާރާތަކުގައިވެސް މި ކުލަ ޖެހި ރައްޔިތުންގެ ހައްގުތައް ގެއްލިގެންދިޔަ ދުވަސްތައް ފެނިގެން ހިނގައްޖެއެވެ. ސަރުކާރުގެ މަސްއޫލިއްޔަތު އޮޅި، ވަކި ޕާޓީއަކަށް ނުވަތަ ވަކި ބަޔަކަށް ކޮށްދޭ އެއްޗަކަށް ވެރިކަން ވެގެންދިޔަ މަންޒަރުވެސް ފެނިއްޖެއެވެ. ކޮންމެ ފަހަރަކުވެސް ވެރިކަމަށް ގެނައުމުގައި ބޮޑެތި އެހީތަކެއްވި ބަޔަކު ސަރުކާރާއި ދެކޮޅަށް ނިކުތުން ވެގެންދަނީ ގައުމުގެ ހާލަތު އިހުނަށްވުރެ ގޯސްވާ ސަބަބަކަށެވެ. މުޅި މިސްރާބު އޮޅި، ހުންގާނު ދޫވާ މަންޒަރު ބަލަން ރައްޔިތުންނެއް ދެނެއް ބޭނުމެއް ނުވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: