ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯމްމިނިސްޓަރ އިހުސާން ގުދަންތަކަށް ޒިޔާރަތް ކުރައްވައިފި

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން
ޝެއާރކޮށްލާ ކަހަލަދޯ؟

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ގުދަންތަކަށް ޒިޔާރާތްކޮށްފިއެވެ.

އާ ސަރުކާރުގެ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުގައި ހުރި އިދާރާތަކުގެ ގުދަންތަކާއި ބައެއް އިމާރާތްތަކަށް ޒިޔާރަތްކުރައްވައި ވަޒީރު އިހުސާން އެ ތަންތަނުގެ ހާލަތު ބައްލަވައިފިއެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރި އިދާރާތަކުގެ ތެރޭގައި އިމިގްރޭޝަނާއި ކަސްޓަމްސް އަދި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ހިމެނެއެވެ.

އެގޮތުން އެ ވުޒާރާގެ ދަށުގައި ހުރި ތަންތަންތަނުގެ ގުންދަތަކަށް ޒިޔާރަތްކުރެއްވުމާ ގުޅޭ ގޮތުން މިނިސްޓަރު އިހުސާން ވިދާޅުވީ އެތަންތަނުގެ ހާލަތު ބެއްލެވުމުގެ ބޭނުމަކީ އެތަންތަން ބޭނުން ކުރާނެ އެންމެ އެކަށީގެންވާ ގޮތްތައް ކަނޑައެޅުމާއި އެ ތަންތަނުގައި ހުރި ބާވެ ނީލަން ކިޔަން ޖެހޭ ސާމާނު ހުރިތޯ ބަލައި އެކަންކަން ކުރަން ކަމަށެވެ.

އާ ސަރުކާރުގެ ވަޒީރުން ގެންދަވަނީ އެ ވަޒީރުން ހަވާލުވެފައިވާ ވުޒާރާއާ ގުޅުން ހުރި ތަންތަނަށް ޒިޔާރަތްކުރައްވައި މުވައްޒަފުންނާ ވެސް ބަައްދަލުކުރައްވައި ހާލަތު ބައްލަވަމުންނެވެ. އެ ވުޒާރާގެ ދަށުގައިވާ ބައެއް ޢިމާރާތްތަކާއި ގުދަންތައް ބައްލަވާލައްވައިލައްވަން ކުރި ޒިޔާރަތުގައި ވަޒީރުގެ އަރިހުގައި އެ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ އާއި ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ވަނީ ދޫނިދޫއަށްވެސް ޒިޔާރަތް ކުރައްވައި އެތަނުގައި ގެ ފުލުހުން ކުރައްވަމުން ގެންދަވާ މަސައްކަތާއި ފުލުހުންގެ މަސައްކަތުގައި ބޭނުންކުރަމުން އަންނަ ބައެއް ވަސީލަތްތައް ބައްލަވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: