ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާރިޖީ މަސައްކަތްތަކުގެ ބިންގަލަކީ ގައުމުތަކުގެ މެދުގައި ބަދަހިކުރެވޭ ގުޅުންތައް: އިހުސާން

މިނިސްޓަރު އަލީ އިހުސާން: ފޮޓޯ/ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަގުވާމީ ގުޅުންތަކަކީ ހާރިޖީ މަސައްކަތްތަކުގެ ބިންގާކަމަށް ޓެކްނޮލޮޖީ އެންޑް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ގަތަރުން ކުރިއަށް ގެންދިޔަ ގްލޯބަލް ސެކިއުރިޓީ ކޮންސަރެންސްގައި ރާއްޖޭގެ ފަރާތުން ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާންވަނީ ބައިނަލްއަގުވާމީ މައިދާނުގައި ގާއިމުކުރެވިގެންދާ ގުޅުންތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އިހުސާން ވިދާޅުވީ، ހާރިޖީ މަސައްކަތްތަކުގެ ބިންގަލަކީ ގައުމުތައް ދެމެދު ބަދަހިކުރެވިގެންދާ ގުޅުންތައްކަމަށާއި އެ މަސައްކަތްތަކުގެ ސަބަބުން މައްސަލައް ނުޖެހިދާނެ މަގުފަހިކުރުމަށާއި ޖެހޭ މައްސަލަތައް ހައްލުކުމުގެ އިތުރުން ހީނަރުވެފައިވާ ގުޅުންތައް ބަދަހިކުރުމަށްވެސް ފުރުސަތު ފަހިވެގެންދާކަމަށް ހިއްސާކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތްތައް މެދުވެރިކޮށް އެކި ދާއިރާތަކުގެ އެކި ފިކުރުގެ މީހުން އެއްތަންކުރެވިގެންދާކަމަށްވުމުން ބައިނަލްއަގުވާމީ މައިދާނުގައި ގާއިމުކުރެވިގެންދާ ގުޅުންތައް މެދުވެރިކޮށް އަމާންކަމާއިއެކު ގުޅިގެން ދިރިއުޅުމުގެ މަގު ފަހިވެގެންދާކަމަށެވެ.

އިހުސާން ވިދާޅުވީ، ދުނިޔޭގެ ގައުމުތަކުގެ ދެމެދު ކުރެވޭ މަސައްކަތްތަކުގައި ބޮޑެތި ކުރިއެރުންތައް އައިސްފައިވާ ޒަމާނެއްގައި ޓެކްނޮލޮޖީގެ ގޮތުންވެސް ބޮޑެތި ކުރިއެރުންތައް ލިބިފައިވާކަމަށްވުމުން ހަމެޖެހުން ގާއިމުނުކުރެވިދިއުމާއި ރައްކައުތެރިކަން ކަށަވަރުނުކުރެވި ދިއުމުގެ އަސަރު ގައުމުތަކުގެ ބޯޑަރުތަކުން ބޭރަށްވެސް ކުރާކަމަށާއި ޓެރަރިޒަމް އާއި ހަތިޔާރުގެ މައްސަލައިގެ އިތުރުން މޫސުމީ މައްސަލަތައްވެސް ފެންމަތިވަނީ ބޯޑަރެއް ބެލުމެއް ނެތިކަމަށް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: