ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިއޭގައި އޮޓޯ ބެގޭޖް ހޭންޑްލިން ސްކީރިނިން ސިސްޓަމްއެއް ގާއިމް ކުރަން ނިންމައިފިއެވެ.
މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ މި ބެގޭޖު ސިސްޓަމް ބޭނުން ކުރަން ފަށާނީ އަންނަ މަހުގައި ކަމަށެވެ. އެގޮތުން ޑިޕާޗާ ޓާމިނަލްގައި މިހާރު އިންލައިން ބެގޭޖް ހޭންޑްލިން އެންޑް ސްކްރީނިން ސިސްޓަމެއް ބަހައްޓަމުން ދާ ކަމަށްވެސް ބުނެފަވެވެެ.
މިހާރު ކުރަމުން މިދަނީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކަމަށާއި، މަގްސަދަކީ ސެކިއުރިޓީ ސްކްރީނިން ޔަގީން ކޮށް ރައްކާތެރި، އަވަސް އަދި ފަސޭހަ ދަތުރުތަކެއް ކަށަވަރުކޮށް ދިނުންކަމަށެވެ.
މިގޮތުން މި ދޭން ނިންމާފައިވާ ހިދުމަތަކީ ވެލާނާ އެއާޕޯޓުގައި ފަސިންޖަރުންގެ ކިއުތައް ދިގުވެ އުފަލާ ތަކުލިފުތައް ކުޑަކުރުން ކުރުން ކަމަށެވެ. މި ހިތުމަތުގެ ސަބަބުން އިތުރު ފަސޭހަތަކެއް ލިބި ޖުމްލަ ގޮތެއްގައި ފުރިހަމަ ތަޖުރިބާ އަކަށް މިކަން ވެގެންދާނެ ކަމަށެވެސް އެކުންފުނިން ވަނީ ބުނެފައެވެ.

