ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ސަރުކާރާއި ދެކޮޅަށް ދެއްކި ވާހަކަތަކުގެ ޕަބްލިކް އިންކުއަރީއެއް ހަދަނީ!

އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދުވަސްވަރު، އޭރުގެ އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް ދެއްކި ވާހަކަތަކުގެ ޕަބްލިކް އިންކުއަރީއެއް ހެދުމަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގައި އެދެން ގައުމީ މަޖިލީހުން ނިންމައިފި އެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އެމަނިކުފާނުގެ މައްޗަށް ކުރި އެންމެ ބޮޑު ތުހުމަތަކީ، އަވައްޓެރި އިންޑިއާ ދެމެދު ގޮތް ނޭނގޭ އެއްބަސްވުންތަކެއް އެކުލަވާލުމެވެ. އަދި ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތުގެ ދަށުން ސަރުކާރު ހިންގަވާނެކަމަށް ވައުދުވި ނަމަވެސް އެމްއެމްޕީއާރުސީގެ މައްސަލަ ބެލިފައި ނުވުމާއި، ތަފާތު އެކި މައްސަލަތައް ބެލުމަށް އުފެއްދި ކޮމިޝަންތަކަށް އެދެވޭ ނަތީޖާއެއް ނެރެދެވިފައި ނެތުން ހިމެނެއެވެ.

ރާއްޖޭގެ އިގްތިސާދާއި ގުޅުވައި ތަފާތު އެކި ގޮތްގޮތުން ކުރެވުނު ތުހުމަތުތަކުގެ ތެރޭގައި، 2020 ގައި މުޅި ދުނިޔެ ކުރިމަތިލާން ޖެހުނު ކޮވިޑު-19 ގެ ވަބާގެ އަސަރު ރާއްޖެއަށް ވެސް ކުރުމުން ބަލިމަޑުކަމެއްގެ ތެރެއިން ވައްކަން ކުރިކަމުގެ ތުހުމަތު ކުރި އެވެ. އަދި ރާއްޖޭގެ އިގްތިސާދަށް ގެއްލުންވާ ގޮތަށް، ބައެއް ނިންމުންތައް ނިންމުމާއި ބޮޑެތި އަދަދުތަކުން ބަދަލު ނަގައިދިނުންގެ އިތުރަށް ގާތް މީހުންގެ ކުންފުނިތަކަށް މަޝްރޫއުތައް ނުއަގުގައި ހަވާލު ކުރުން ހިމެނެ އެވެ.

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ރައީސް ސޯލިހު ވެސް ވިދާޅުވީ، އެކަންކަމަށް ރައްދު ނުދެވުމާއި އަދި ރަނގަޅު ގޮތުގައި ރައްޔިތުންނަށް މައުލޫމާތު ނުދެވި ހުރުމަކީ ލިބުނު ގެއްލުމެއްކަން ގަބޫލު ކުރައްވާ ކަމަށެވެ. ޕާޓީގެ ކުރުމަގާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އއ. އުކުޅަސްގައި ބޭއްވި ގައުމީ މަޖިލިސް ބައްދަލުވުމުގައި ސަރުކާރާއި ދެކޮޅަށް ފެތުރުނު ވާހަކަތަކުގެ އިންކުއަރީއެއް ހެދުމަށް ވަނީ ފާސްކޮށްފަ އެވެ. އެގޮތުން ޕާޓީން ފާސް ކުރި ގަރާރުގައި ވަނީ އޭރުގެ އިދިކޮޅު ފަރާތްތަކުގެ ތަފާތު އެކި ތުހުމަތުތަކުގެ އިންކުއަރީއެއް ރައްޔިތުންގެ މެދުގައި އެކުލަވާލުމަށެވެ.

އެ އިންކުއަރީގެ ދަށުން ރާއްޖޭގައި އިންޑިއާގެ ސިފައިން އެބަތިބިކަމަށް ބުނެ ކުރި ތުހުމަތުތަކާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގާލުމުގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވިއްކާލިކަމަށް ބުނެ ކުރެވުނު ތުހުމަތުތަކުގެ އިތުރުން ދައުލަތް ޝާމިލުވެގެން ކޮރަޕްޝަން ހިންގިކަމަށް ބުނާ މައްސަލަތައް ހިމެނެ އެވެ. މި ގަރާރުގެ ދަށުން އަންނަ އަހަރުގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކުރިން އެމްޑީޕީން ކުރަން ޖެހޭ މަސައްކަތްތަކަށާއި، ސަރުކާރު ޒިންމާދާރު ކުރުވުމަށް ކޮމިޓީއެއް އެކުލަވާލުމަށް ވަނީ ނިންމާފަ އެވެ.

ގައުމީ މަޖިލީހުގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކުރި މި ގަރާރާއި އެކު ޕާޓީގެ މެމްބާޝިޕް އިތުރު ކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ވެސް ވަނީ ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 8%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: