ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން އިހުތިޔާރު ކުރީ ރައީސް މުއިއްޒުގެ ތަސައްވުރު: ނައިބު ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއީ އެތައް ރައްޔިތުންނެއް ނިކުމެ ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ގެނެވުނު ވެރިކަމެއްކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަކީ ރައްޔިތުންނަށް ލާބައާއި މަންފާ ހުރި ނަފާވެރި ވެރިކަމަކަށް ހެދުމަށް ކުރާ މަސައްކަތުގައި ދެމި ހުންނަވާނެކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެ އެވެ.

ވެރިކަމަށް ވަޑައިގަތުމަށް ފަހު މަޝްވަރާ ނުހޯއްދަވާކަމަށް ވިދާޅުވެ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ދޫކުރައްވައި އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ފައްޓަވާފަ އެވެ. ރައީސް ޔާމީންގެ ވިސްނުން ހުރި ގޮތްކަމަށް ވިދާޅުވި މީޑިއާތަކުގައި ވާހަކަ ދައްކަވަނީ އެމަނިކުފާނު ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް އަދި އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދާއި މިދިޔަ ސަރުކާރުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.

ރައީސް މުއިއްޒަށް އެކި ގޮތްގޮތުން ފާޑުކިއުން އަމާޒު ކުރިނަމަވެސް، އަދި މިހާތަނަށް ސަރުކާރުގެ ބޭފުޅުން އެކަމަށް މާބޮޑު ރައްދެއް ނުދެ އެވެ. އެކަމަކު ވަޒީރުން ވަނީ ފަސް އަހަރު ދުވަހަށް ގެނައި ވެރިކަމެއް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކޮށް ސަރުކާރުގެ ދިފާއުގައި ތިއްބަވާނެކަން ހާމަކުރައްވާފަ އެވެ.

ރައީސް މުއިއްޒުގެ ދިފާއުގައި ނައިބު ރައީސް ހުސެއިން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިއީ އެމަނިކުފާނު ވެސް ހިމެނޭހެން އެތައް ރައްޔިތުންގެ ބައިވެރިވުމާއި އެކު ބުރަ މަސައްކަތުން ގެނައި ވެރިކަމެއް ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ބުރަ މަސައްކަތުގެ ނަތީޖާކަމަށާއި، ރައްޔިތުންގެ އިހުތިޔާރު ކުރީ ރައީސް މުއިއްޒުގެ ތަސައްވުރުކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ވެރިކަމަކީ ރައްޔިތުންގެ ލާބައާއި، މަންފާ ހުރި ނަފާހުރި ވެރިކަމަކަށް ހެދުމަށް އެމަނިކުފާނު ސާބިތުކަމާއި އެކު ހުންނަވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: