ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޕާޓީ މުއައްސިސަކީ ދަރިކަލުން ޒޭން!

ރައީސް ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ދޫކުރައްވައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފައްދަވާ އައު ޕާޓީ “ޕީޕަލްސް ނެޝަނަލް ފްރަންޓް” ގެ މުއައްސިސަކަށް އެމަނިކުފާނުގެ ދަރިކަލުް ޒެއިން އަބްދުﷲ ޔާމީންގެ ނަން ހުށަހަޅައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނާއި އެކު މަޝްވަރާތައް ނުކުރައްވާކަމަށް ވިދާޅުވެ، ރައީސް ޔާމީން ޕީޕީއެމް ދޫކުރެއްވި އިރު ގިނަ ބަޔަކު ދަނީ ފަސް އަހަރަށް ގެނައި ވެރިކަމެއް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރަމުންނެވެ. އަދި ވަކި މީހަކަށް ވުރެ ގައުމު މުހިންމުވާނެކަމަށާއި، ސަރުކާރުގެ ދިފާއުގައި ދެމިތިބޭނެކަމަށް ޕީޕީއެމްގެ ލީޑާޝިޕާއި ސަރުކާރުގެ ވަޒީރުން ވަނީ ވިދާޅުވެފަ އެވެ. އެ މައްސަލައިގައި ރައީސް ޔާމީން ޕީޕީއެމުން ވަކިވިކަން އިއުލާނު ކުރިތާ ދެ ދުވަހުގެ ތެރޭގައި އެހެން ޕާޓީއެއް އުފެއްދެވުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ އެވެ.

އީސީއަށް ފޯމު ހުށަހެޅުއްވުމަށް ފަހު މީޑިއާތަކާއި ވާހަކަ ދައްކަވަމުން ޕީއެންއެފް މަސައްކަތުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ބޭނުންވާ ހުރިހާ ލިޔެކިއުމެއް ވެސް ހުށަހަޅާފައިވާކަމަށާއި، ވީހާވެސް އަވަހަށް ހުއްދަ ދޭނެކަމުގެ ޔަގީންކަން ކޮމިޝަނުން ދޭ ކަމަށެވެ. މަލީހު ފުރަތަމަ ވިދާޅުވި ގޮތުގައި ޕާޓީގެ މުއައްސިސުންގެ ގޮތުގައި ހުށަހެޅުމަށް، އަށް ބޭފުޅެއްގެ ކުށުގެ ރެކޯޑު ސާފުކުރި އެވެ. އެކަމަކު އީސީގެ ގަވައިދުގެ ދަށުން، މުއައްސިސެއްގެ ގޮތުގައި ހުށަހެޅެނީ އެންމެ ބޭފުޅެއްގެ ނަންކަމަށްވުމާއި އެކު ރައީސް ޔާމީންގެ ދަރިކަލުންގެ ނަން ހުށަހެޅީކަމަށް މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ޒެއިންގެ ނަން ހުށަހެޅުވުމަށް ކުށުގެ ރެކޯޑަށް އެެދިފައިވާކަމަށާއި، ރެކޯޑު ސާފުކުރެވުނުހާ އަވަހަށް ފޯމު ހުށަހަޅާނެ ކަމަށެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލައިގައި އުފުލި ދައުވާތައް ސާބިތުވެ ރައީސް ޔާމީން މިވަގުތު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެހެންވެ، އެމަނިކުފާނުގެ ނަމުގައި ސިޔާސީ ޕާޓީއެއް ނުއުފެއްދޭނެ އެވެ.

 

 

ވަރަށް ގަދަ
58%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 15%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 4%ވަރަށް ދެރަ 19%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: