ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަލްޝާ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް!

ރުކާރުގެ ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަނު ކުރި މަލްޝާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ޔޫތް މިނިސްޓްރީގެ ނައިބުކަމަށް މާލެ ސިޓީ ކައުންސިލްގެ ކުރީގެ މީޑިއާ އޮފިސަރު މަލްޝާ ޝަރީފް އައްޔަނުކޮށްފި އެވެ.

މާލޭގެ މޭޔަރަކަށް ރައީސް މުއިއްޒު ހުންނެވި އިރު، މީޑިއާތަކާއި ގާތުން މަސައްކަތް ކުރެއްވި މަލްޝާއަކީ ސިޓީ ކައުންސިލްގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައި އެކަން ނޫސްވެރިންނަށް އެންގެވި އެވެ.

ޔޫތް މިނިސްޓްރީގެ ނައިބަކަށް މިއަދު އައްުޔަނު ކުރި މަލްޝާ ވަނީ ޔުނިވާސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑް އިން ބެޗްލާސް އޮފް އާޓްސް، ބިޒްނަސް އެންޑް މާކެޓިން ހާސިލު ކުރައްވާފަ އެވެ. އަދި ބިޒްނަސް މެނޭޖްމަންޓުގެ ޑިޕްލޮމާ ހާސިލު ކުރައްވާފަ އެވެ.

ޑިގްރީއަށް ފަހު މަލްޝާ ވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މާކެޓިން އެންޑް ސޯޝަލް މީޑިއާ އޮފިސަރެއްގެ މަގާމު ހަތަރު އަހަރު ފުރުއްވާފަ އެވެ. އެއަށް ފަހު ސިޓީ ކައުންސިލްގައި މީޑިއާ އޮފިސަރުގެ މަގާމާއި ހަވާލުވީ މިދިޔަ އަހަރު އެވެ.
މަލްޝާއަކީ ރައީސް މުއިއްޒުގެ ސަރުކާރު ގެނައުމަށް ކުރެވުނު މަސައްކަތުގައި، މީޑިއަތަކާއި އެކު ކެމްޕެއިން ދަތުރުތަކުގައި ވެސް ބައިވެރިވި ފަރާތެެކެވެ. އަދި މަލްޝާ ވަނީ ރައީސް މުއިއްޒުގެ ސަރުކާރު ގެނައުމަށް ސޯޝަލް މީޑިއާގައި މަސައްކަތް ކުރައވާފަ އެވެ.
ވަރަށް ގަދަ
38%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 3%ވަރަށް ދެރަ 41%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: