ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭރީގެ މަރު: ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފަށް!

ހަލީމަތު ލަމްހާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުހުގެ މަރުގެ މައްސަލައިގައި ތުހުމަތުގައި ހައްޔަރުކޮށް، ދައުވާ އުފުލާފައި ވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލުމަށް ދަށު ކޯޓުން ނެރުނު އަމުރު ދައުލަތުން އިސްތިއުނާފުކޮށްފި އެވެ.

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، ހަލީމަތާއި އެކު ދެން ހައްޔަރުކޮށްފައި ވަނީ މޭރީގެ ފިރިމީހާ މާވިން އެސްވައި އެވެ. 2021، އޮކްޓޯބަރު  ގައި، މޭރީގެ މަރުވެފައިވާ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ، މާވިން އެވެ. އޭނާއަކީ ވެސް ލަމްހާއައި، މޭރީއާއި އެކު އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހެކެވެ.

މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދަނީ ވަކީވަކީންނެވެ. އެގޮތުން ލަމްހާގެ ޝަރީއަތުގައި ދައުލަތުން ބުނީ އިންސާނެއްގެ ހަށިގަނޑަކަށް އިންޖެކްޓުކޮށް އެ މީހެއްގެ ފުރާނައަށް ނުރައްކާ ކުރާނެ ގޮތްތައް ބަލައި، އޭނާ އެކަން ކުރާނެ ގޮތް މާވިންއަށް ކިޔައިދިނީ ލަމްހާ ކަމަށެވެ.

މޭރީ މަރާލުމުގައި ލަމްހާގެ ބައިވެރިވުން އޮތްކަން ސާބިތު ކުރުމަށް ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފަ އެވެ.

ގިނަ ދުވަސް ބަންދުގައި ހުރުމުންނާއި، މުހިންމު ހެކިވެރިންގެ ހެކި ބަސްތައް ނަގާ ނިމިފައިވާތީ ބަލި ހާލަތަށް ރިއާޔަތް ކުރުމަށް ފަހު ބަންދަށް ލުއި ދިނުމަށް ލަމްހާގެ ފަރާތުން އެދުނީ މި މަހުގެ 14 ގައި އޮތް އަޑުއެހުމުގަ އެވެ. އެހެންވެ ޖެހިގެން އައި އަޑުއެހުމުގައި އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ މައްސަލަ ބައްލަވާ ފަނޑިޔާރު ނިންމެވި އެވެ. އެހެންވެ ލަމްހާ ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމަށް ޕީޖީ އޮފީހުން ހުށަހެޅީ އެވެ.

ބަންދުން ދޫކޮށްދޭން އެދުމުން އެ ދުވަހުގެ ޝަރީއަތުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ލަމްހާ އާއި މާވިންގެ ވެސް ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށާއި، ބަންދުން ދޫކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެކަމަށް އިއުތިރާޒުކޮށް ލަމްހާގެ ވަކީލު ވިދާޅުވީ ހިމާޔަތް ކުރަން ޖެހޭ ފަރުދީ ހައްގުތަކެއް ވެސް އެބަހުރިކަމަށާއި، ލަމްހާގެ ސިއްހީ މައްސަލަތަކެއް ހުރިއިރު އޭނާ ފަރުވާ ވެސް ހޯދަން ޖެހިފައި ވަނީ ޖަލުގައި ހުރެގެން ކަމަށެވެ. އެހެންކަމުން މުޖްތަމައަށް ނުރައްކާވާ މިންވަރު ކުޑަވާ ގޮތަށް، ލަމްހާގެ ބަންދަށް ލުއިދެވޭނެ ގޮތްތަކެއް އެބަހުރިކަން ފާހަގަކޮށް ވަކީލު ހުށަހެޅީ އެހެން ކުށުގެ ތުހުމަތު ކުރެވޭ މީހުންނާއި މެދު އަމަލުކޮށްފައިވާ ގޮތަށް ފައިގައި ޓެގު އެޅުވުމަށް ފަހު ޝަރުތުތަކަކާއި އެކު ބަންދުން ދޫކޮށްލުމަށެވެ. އެހެން ނަމަވެސް އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަކަމެއް ނޫނެވެ.

މޮނިކޮން އަމުރު ނެރެދިނުމަށް ލަމްހާގެ ވަކީލު އެދުނު އިރު، އެފަދަ އަމުރެއް ނެރެވޭނީީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ދަށުންނެވެ. އެ ގާނޫނުގެ 29 ވަނަ މާއްދާގައި ބުނާ މޮނިޓަކޮށް ކޮންޓްރޯލު ކުރުމުގެ އަމުރު ނެރެވޭނީ ޤާނޫނުގައި ކަނޑައަޅާފައިވާ ކުށް ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށެވެ. އަދި 29 ވަނަ މާއްދާގެ (ބ) ގައި ވަނީ މޮނިކޮން އަމުރު ނެރެވޭނީ ހައިކޯޓަށް ކަމަށެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްދަލަވަނީ، ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.

ލަމްހާ އާއި މާވިންގެ ގުޅުމުގެ ވާހަކަތައް މީޑިއާތަކުން ފެންމަތި ކުރުމުން އޭނާ ވަނީ އެހެން މީޑިއާއެއްގެ ނޫސްވެރިއަކާއި ބައްދަލުކޮށް އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ލަމްހާ އާއި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު، މާވިންއަށް ފަސޭހައިން މޭރީ ވަރި ކުރެވެން ނެތީ އެ މީހުން ނިސްބަތްވާ ފިލިޕީންސްގައި ގާނޫނުން އެކަމަށް ތަން ނުދޭތީ އެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ އެވެ. ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް 06 އަހަރާއި 04 މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ފުލުހުން ބުނީ މޭރީ މަރާލާފައި ވަނީ މާވިން އާއި ލަމްހާ އެކަމަށް ދުރާލާ ރާވައިގެން މ. އުދުހޭކޮކާ ގޭގެ ފުރަތަމަ ފަންގިފިލާގައިކަމަށެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުން މޭރީ މަރާލާފައި ވަނީ އޭނާގެ ނޭވާ ހާސްކޮށްލައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: