ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމިކަލް މާއްދާއެއް އެކުލެވޭތީ ހޮޑު ބޭހެއް އެތެރެކޮށް ވިއްކުން މަނާކޮށްފި

ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކުރި ބޭސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވޭތީ، ހޮޑު ބޭހެއް ވިއްކުން މަނާކޮށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އާންމުންގެ ސަމާލުކަމަށް އެކަން ގެނެސްފި އެވެ.

ރާއްޖެއަށް އެތެރެކޮށް ވިއްކަމުން ދާ ހޮޑު ބޭހެއްގައި، ޑައިއެތިލީން ގްލައިކޯލް އަދި އެތިލީން ގްލައިކޯލް ނަމަކަށް ކިޔާ ނުރައްކާތެރި މާއްދާއެއް ހިމެނޭކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ. އެގޮތުން އެ އޮތޯރިޓީން ބުނީ ސަމާލުކަމަށް އައިސްފައިވާ ބޭހުގެ ނަމަކީ އެމިޑޯން ސަސްޕެންޝަސް ކަމަށެވެ. އަދި ބޭހުގައި ނުރައްކާތެރި ކެމިކަލެއް އެކުލެވޭކަމަށް އަންގާފައި ވަނީ ޕާކިސްތާނުގެ ބޭސް ރެގިއުލޭޓު ކުރާ އޮތޯރިޓީން ކަމަށެވެ.

ރާއްޖެއަށް މި ބޭސް އެތެރެ ކުރުމާއި ވިއްކުން އަދި ބޭނުން ކުރުން މިއަދު ފެށިގެން މަނާކަމަށް އަންގައި އެ އެލާޓުގައި ބުނެފައި ވަނީ އަމިއްލަ ބޭނުންތަކަށް ނުވަތަ ބޭސް ސިޓީއަށް ވެސް މި ޞޭސް އެތެރެ ކުރުން މަނާ ކުރާ ކަމަށެވެ. މިހާރު މި ބޭސް ރާއްޖެއަށް އެތެރެ ކުރާ ފަރާތްތަކުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ ބޭސްތައް ނައްތާލުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފަ އެވެ.

އެމްއެފްޑީއޭގެ އެންގުމުގައި ފާހަގަކޮށްފައިވާ ދެ މާއްދާއަކީ ހަށިގަނޑަށް އޭގެ އަސަރުކޮށްފި ނަމަ ފުރާނަމައަށް ނުރައްކާވެދާނެ ފަދަ ބާރުގަދަ ކެމިކަލެކެވެ.

މިއީ ރާއްޖޭގެ މާކެޓުން މި މާއްދާ އެކުލެވޭ ބޭސް ފެނުނު ދެވަނަ ފަހަރެވެ. ބޭހުގައި ނުރައްކާތެރި ކެމިކަލްތައް އެކުލެވޭތީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯ އެކި ފަހަރު މަތީން ސާކިއުލާތައް ނެރެފައި ވެއެވެ. މީގެ ދުވަސްތަކެއް ކުރިން ޕާކިސްތާނުގެ ކުންފުންޏަކުން އުފައްދާފައިވާ އެލެގްރޯ ބްރޭންޑޫގެ ސިޓްރިޒެން ދިޔާ ބޭހެއް ވެސް ވިއްކުން މަނާ ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: