ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަދަނީ މިންގަނޑުން ބައްޕަ ސާބިތު ނުވި މައްސަލަ އޭޖީން އަނބުރާ ގެންގޮސްފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ދިވެހި ރައްޔިތުކަން ދިނުމަށްޓަކައި، މަދަނީ މިންގަނޑުން އެ ކުއްޖާގެ ބައްޕަ ސާބިތު ނުކުރެވޭނެކަމަށް ހައިކޯޓުން ނިންމި މައްސަލައިގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ފަހު އަނބުރާ މައްސަލަ ގެންގޮސްފި އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރީ ބަންޑާރަ ނައިބުގެ އޮފީހުން މި މަހުގެ 16 ގަ އެވެ.

ބަޔާނެއް އާންމުކޮށް އޭޖީ އޮފީހުން މިއަދު ބުނީ އެ މައްސަލަ އަލުން ބަލައި މުރާޖައާ ކުރުމަށް ފަހު ކޯޓުގައި އިސްތިއުނާފު މައްސަލަ އިތުރަށް ކުރިޔަށް ގެންދިއުމަށް ނުފެންނާތީ އަނބުރާ ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އިސްލާމީ ޝަރީއަތުގައި ދަރިންގެ ނަސަބު ސާބިތު ކުރުމަށް އޮންނަ އުސޫލުގެ ބޭރުން މަދަނީ މިންގަނޑުން ބައްޕަ ސާބިތު ކުރުމަށް ދައުލަުން ހުށަހެޅީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަލަށް ދިވެހި ރައްޔިތުން ދިނުމަށްކަމަށް ބުނެ އެވެ.

އިންޑޮނޭޝިއާގެ އަންހެނެއް ރާއްޖޭގައި ވިހެއުމަށް ފަހު ދޫކޮށްލާފައި ދިޔަ، އެ ކުއްޖާ ހުރީ ދައުލަތުގެ ބެލުމުގެ ދަށުގަ އެވެ. އަދި ކުއްޖާގެ ބައްޕައަކީ ދިވެއްސެއްކަމަށް ބެލުވުނު ނަމަވެސް އެއީ އޭނާގެ ކުއްޖެއްކަން މަދަނީ މިންގަނޑުން ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި މައްސަލައިގައި ފެމިލީ ކޯޓާއި ހައިކޯޓުން ވެސް ނިންމާފައި ވަނީ އެގޮތަށް ދަރިންގެ ނަސަބު ސާބިތު ނުކުރެވޭނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ވަނީ ދިވެހި ރައްޔިތުކަން ދެވޭނީ ދިވެހި އަންހެނަކަށް ނުވަތަ ދިވެހި ފިރިހެނެކަށް ލިބޭ ދަރިންނަށް ކަމަށެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެ ކުއްޖާގެ ބައްޕައަކީ ދިވެއްސެއްކަމަށް މަދަނީ މިންގަނޑުން ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅީ އެ ސަބަބާއި ހުރެ އެވެ. އެކަމަކު ހައިކޯޓުން އެ މައްސަލައިގައި ނިންމީ ޝަރުއީ އުސޫލުގެ ބޭރުން ބައްޕަ ސާބިތު ކުރުމަށް ފުރުސަތެއް ނުދެވޭނެ ކަމަށެވެ.

މި މައްސަލައިގައި ހައިކޯޓުގެ ހުކުމުގައި ވަނީ ކުއްޖާގެ މަންމައަކީ އިންޑޮނޭޝިއާގެ މީހަކަށް ވާތީ، އެ ކުއްޖާއަށް އެ ގައުމުގެ ރައްޔިތުކަން ދިނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: