ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމިން އުފައްދަވާ ޕާޓީއަށް ހުއްދަ ދެވޭނީ ކޮމިޝަނުގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު: އީސީ

ރައީސް ޔާމީން، ޕީއެންއެފް އޮފީހުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ދޫކުރައްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފައްވާ ސިޔާސީ ޕާޓީއަށް ހުއްދަ ދެވޭނީ އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ބައްދަލުވުމެއް ބޭއްވުމަކަށް ފަހުކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ޕީޕިއެމް ދޫކުރައްވައި އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެށުމުގެ ކުރިޔަށް ވެސް އެމަނިކުފާނުގެ ހިތްހަމަނުޖެހުންތަކެއް އުޅޭކަމުގެ އިޝަރާތެއް އޮތީ ލިބިފަ އެވެ. އެއީ ޕީޕީއެމް/ޕީއެންސީގެ އޮފީހުގައި ކުއްލި ގޮތަކަށް ރައީސް ޔާމީން ނެންގެވި ކޮމިޓީއަކުން، ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ޔާމީނާއި މަޝްވަރާ ނުކުރައްވާކަމަށް ވިދާޅުވުމުންނެވެ. އަދި ދެބޭފުޅުންގެ ގުޅުން ގޯސްކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވައި ސަރުކާރުގެ އިހުލާސްތެރިކަމާއި މެދު ވެސް ސުވާލު އުފެއްދި އެވެ.

މި މައްސަލަ ގޯސްވެ، ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ވަނީ އެކި މީޑިއާތަކަށް އިންޓަވިއު ދެއްވައި ރައީސްގެ އިސްތިއުފާއަށް ވެސް ގޮވާލި އެވެ. އަދި އޭނާގެ އެންމެ ބޮޑެތި ތުހުމަތުތައް އަމާޒުވަނީ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރ އަބްދުއްރަހީމް އަބްދުﷲ އަށެވެ.

އައު ސިޔާސީ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ މަލީހާއި ޖަމީލު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން މެމްބަރުންނާއި ބައްދަލު ކުރި އެވެ. އަދި ކޮމިޝަނުން ދިން މައުލޫމާތުތަކަށް ރިއާޔަތްކޮށް، ޕާޓީގެ މުއައްސިސަކަށް ރައީސް ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަން ވަނީ ހުށަހަޅާފަ އެވެ. އެއަށް ފަހު މަލީހު ވަނީ ސިޔާސީ ޕާޓީތަކުގެ ހުއްދަ ދޫކުރުން އަވަސް ވާން ޖެހޭކަމަށް މިއަދު ވިދާޅުވެ ޓުވީޓު ކުރައްވާފަ އެވެ. އެހެންވެ އުންމީދަކީ މާދަމާ ހުއްދަ ލިބުންކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

ޕާޓީގެ ރެޖިސްޓްރޭޝަން ދިނުމާއި ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް ހަބީބުއަށް ގުޅުމުން އޭނާ ވިދާޅުވީ އެ ޕާޓީގެ މަސައްކަތް ފަށައިގަތުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅާފައި ވަނީ ހޯމަ ދުވަހު މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އަދި ހުށަހެޅި ފޯމާއި، ލިޔެކިއުންތައް ކަމާއި ގުޅުހުންހުރި ސެކްޝަނަށް ލިބުނީ މިއަދުކަމަށާއި އެހެން ކަމުން އެކަމަށް ވަގުތު ބޭނުންވާނެކަމަށް ހަބީބް ވިދާޅުވިއެވެ.

 

 

ހަބީބް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަން ޖެހޭ މަސައްކަތް ފަށައިގަތުމަށް ދޭންޖެހޭ ހުއްދަ ދިނުމުގެ ކުރިން ކޮމިޝަނުން ބަލަން ޖެހޭ ކަންތައްތަކެއް އޮންނަ ކަމަށާއި އަދި ސިޔާސީ ޕާޓީ އުފެއްދުމުގެ މަސައްކަތް ފަށައި ގަތުމަށް ދޭން ޖެހޭ ހުއްދަ އެއް ދުވަސް ތެރޭގައި މިހާތަނަށް ދޫކޮށްފައި ނުވާ ކަމަށް ހަބީބް ވިދާޅުވިއެވެ. އެގޮތުން ހުއްދަ ދޫ ކުރުމަށް ކޮމިޝަނަށް ނުވަ ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަން ޖެހޭ މަސައްކަތް ފަށައި ގަތުމަށް ހުއްދަ ދިނުމުގެ ކުރިން އަމަލު ކުރަން ޖެހޭ އުސޫލެއް ކޮމިޝަންގައި އޮންނަ ކަމަށާއި އެހެން ކަމުން ކޮމިޝަންގެ ޖަލްސާއެއް ބޭއްވުމަށް ފަހު ވީއެންމެ އަވަހަކަށް ހުއްދަ ދޫކުރާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ޔާމީން އުފެއްދުމަށް މަސައްކަތް ކުރާ ސިޔާސީ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބޭނުން ކުރުމަށް ނިންމާފައިވާ ދަނބު ކުލަ ބޭނުން ކުރުމުގެ ހުއްދަ ދިނުމާއި ގުޅޭ ގޮތުން “ސަންގު” އިން ސުވާލު ކުރުމުން ހަބީބް ވިދާޅުވީ ކުލައާއި މެދު ގޮތެއް ނިންމުން އެއީ އަދި މާ ފަހުގެ ކަމެއް ކަމަށާއި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބޭނުން ކުރަމުންދާށ ކުލަ ނުވަތަ އެ ކުލައިގެ ޝޭޑެއް ބޭނުން ކުރުމުގެ ހުއްދަ އެއްވެސް ސިޔާސީ ޕާޓީއަކަށް ދޫކުރުމަކީ ކޮމިޝަންގެ އުސޫލްތައް ތަންދޭ ކަމެއް ނޫން ކަމަށް ހަބީބް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 75%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: