ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާވެޔޮ މިސްކިތް ކައިރީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރު އަހަރު ނިމުމުގެ ކުރިން ނަގަނީ!

ސްޓެލްކޯ އެމްޑީ މާވެޔޮ މިސްކިތް ކައިރީގައި މަގުމައްޗަށް ވާގޮތަށް ބަހައްޓާފައިވާ ކުންފުނީގެ ޓްރާންސްފޯމަރު ހުންނަ ސަރަހައްދަށް ވަޑައިގަތުން/ ފޮޓޯ: ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މާވެޔޮ މިސްކިތް ކައިރީ މަގުމައްޗަށް ވާގޮތަށް ބަހައްޓާފައިވާ ޓްރާންސްފޯމަރު ހުންނަ ސަރަހައްދަށް ވަޑައިގެން ތަނުގެ ހާލަތު ސްޓެލްކޯގެ އައު މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ބައްލަވާލައްވައިފި އެވެ.

މަގާމާއި ރަސްމީކޮށް ހަވަލުވެވަޑައިގެންނެވި ތާ ގަޑިއިރެއްހާއިރުގެ ތެރޭގައި ފަހުމީ ފަޑައިގަތް ޓްރާންސްފޯމަރު ބަހައްޓާފައި ވަނީ ކާރޫބާރޫ ބޮޑު ސަރަހައްދެއްގަ އެވެ. އޭގެ ސަބަބުން އާންމުންނާއި އެ ސަރަހައްދުން ދުއްވާ އުޅަނދުތަކަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހެ އެވެ.

ޓްރާންސްފޯމަރުގެ ސަބަބުން ދިމާވާ ދަތިތަކަށް މައާފަށް އެދިވަޑައިގެން ފަހުމީ ވަނީ އެ ނެގުމުގެ މަސައްކަތް ފައްޓަވައި އަހަރު ނިމުމުގެ ކުރިން މުޅިތަން އެއްކޮށް ކްލިއާ ކުރެވޭނެކަމަށް ވިދާޅުވެފަ އެވެ.

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ދެއްވަމުންގެންދަވާ އެންމެ ބޮޑު އަހައްމިއްޔަތު ކަމަކީ ރައްޔިތުންނަށް ލުއި ފަސޭހަގޮތްތައް ހޯދައިދިނުން. މިއަދު މި ޓްރާންސްފޯމަރު މަގުމަތިން ނެގުމުގެ މަސައްކަތް ފަށާއިރު އިރާދަ ކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން އެ ޓްރާންސްފޯމަރު މަގުމަތިން ނަގައި، އެ މަގު ބޭނުން ކުރާ ފަރާތްތަކަށް އެކަމުގެ ލުއި ފަސޭހަތައް ހޯދަވައިދެއްވާނެ ކަމުގެ ޔަގީންކަންދެން
ފަހުމީ ވިދާޅުވި އެވެ

މި ޓްރާންސްފޯމަރު މާވެޔޮ މިސްކިތް ސަރަހައްދުގައި ބަހައްޓާފައި ހުންނަތާ ހަ އަހަރު ވަނީ ވެފަ އެވެ.

މާލޭގެ ސަރަހައްދުގައި މިހާރު ބަހައްޓާފައި ހުރި ބައެއް ޓްރާންސްފޯމަރުތައް އަޕްގްރޭޑު ކުރުމަށް ސްޓެލްކޯއަށް ބޭނުންވާ ޖާގަ އިތުރުކޮށްދޭން މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.

ޑިސްޓްރިބިއުޝަން ނެޓްވޯކު ވަރުގަދަ ކުރުމަށް އިތުރު ޓްރާންސްފޯމަރުތައް ބެހެއްޓުމުގެ މަސައްކަތް ކުރިއިރު، ސްޓެލްކޯއިން ވަނީ މާވެޔޮ މިސްކިތް ކައިރީގައި ހުރި ޓްރާންސްފޯމަރު ބަހައްޓާ ސަރަހައްދު ކަނޑައެޅިގެން ދިއުމާއި އެކު އެ ސްޓޭޝަން އެތަނުން ނަގާނެކަން ފާހަގަކޮށްފަ އެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: