ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ ފަން ރަން 2023 ގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ރެއަށް ހަމަވާނެ!

މީގެ ކުރިން ބޭއްވުނު އުރީދޫ ފަން ރަންގެ ތެރެއިން-- ފޮޓޯ/އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ ފަން ރަން 2023 އަށް ރެޖިސްޓަރ ވުމުގެ ފުރުސަތު މާދަމާ ރޭ 12 ގައި ބަންދުވާނެކަމަށް އުރީދޫއިން ބުނެފި އެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރާ އުރީދޫ ފަން ރަން 2023 އަށް ރެޖިސްޓަރ ވުމުގެ ފުރުސަތު 5 ނޮވެމްބަރުގައި ހުޅުވާލެވިފައިވާ އިރު، މިއީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެންމެ އުފާވެރި ދުވުންކަމަށް އުރީދޫއިން ބުނެ އެވެ.

އުރީދޫގެ ވެބްސައިޓު މެދުވެރިކޮށް، ފަންރަންއަށް ރެޖިސްތްރީ ކުރެވޭނެ އެވެ.

ފަން ރަން އަށް ރެޖިސްޓަރ ވުމަށް http://ore.do/funrun2023 ޒިޔާރަތްކުރައްވާށެވެ.

މި އަހަރު ބާއްވަން ހަމަ ޖެހިފައިވާ ފަން ރަން ގެ ބައިވެރިނަނަށް އަދި އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ ގޮތުން އުރީދޫއިން ވަނީ ބައިވެރިންނަށް ލިބޭ ބިބް ކަސްޓަމައިޒްކޮށް ބޭނުންވާ ނަން ޖެހުމުގެ ފުރުސަތުވެސް ފަހިކޮށްދީފައެވެ.

އުރީދޫ ފަން ރަން ބިބް ގައި ނަން ޖެއްސަވާނެ ގޮތް:

  1. އުރީދޫ ފަންރަންއަށް މޫލީ މެދުވެރިކޮށް ރެޖިސްޓްރީ ކުރެވޭނެ https://mool.ee/funrun2023

  2.  ބޭނުންވާ ކިޓާއި ސައިޒު އިޚްތިޔާރުކޮށް ކާޓް އަށް އެޑް ކޮށްލައްވާ

  3. ކާޓް އިޚްތިޔާރުކޮށް ޗެކްއައުޓް ކުރައްވާ

  4. ޑެލިވަރީ އެޑްރެސް އިޚްތިޔާރު ކުރައްވާ

  5. ސްޕެޝަލް އިންސްޓްރަކްޝަން ބޮކްސްގައި ބިބްގައި ޖައްސަވަން ބޭނުންފުޅުވާ ނަން ނަން (ގިނަވެގެން 7 އަކުރު) ޖައްސަވ

  6.  އޯޑަރ ކަށަވަރު ކުރެއްވުމަށް ފައިސާ ދައްކަވާ

އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ބަހާލައިގެން ލިބެން ހުންނާނެ އެވެ.

• 100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނެ އެވެ.
• 200 ރުފިޔާގެ ފަން ކިޓްތަކުގެ ތެރޭގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނެ އެވެ.

6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ފަން ރަން ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެނާއި ފޯމް އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: