ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ މޭޔަރު ޕްރައިމަރީގައި ވާދަކުރެއްވުމަށް އާޒިމް ފޯމު ހުށަހަޅުއްވައިފި

ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް، ނިމިދިޔަ ސަރުކާރުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ފޯމު ހުށަހަޅުއްވައިފި އެވެ.

ފޯމު ހުށަހަޅުއްވުމަށް އާޒިމް އެމްޑީޕީ އޮފީހަށް ވަޑައިގަތީ މިއަދު ހަވީރު 4:20 ހާއިރު އެވެ. އާޒިމްގެ ފޯމާ ހަވާލުވެވަޑައިގަތީ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލެވެ.

ފޯމު ހުށަހެޅުއްވުމަށް ފަހު މީޑިޔާތަކާ ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މޭޔަރުކަމަށް ކުރިމަތިލުމަށް ނިންމީ މާލެއަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ބޭނުންވާތީ ކަމަށެވެ.

އާޒިމް ވިދާޅުވީ މާލެއަކީ ވަރަށް ދަތި ހާލުގައި މީހުން އުޅެމުންދާ ތަނެއް ކަމަށާއި އަމާޒަކީ ހިތްގައިމު، ޗާލު، ނަލަ ތަނަކަށް މާލެ ހަދައި ދިނުންކަމަށެވެ. މާލޭގެ މަގުތައް ހަޑިވުމާއި ހިނގާ ބިނގާވެ އުޅުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައިދޭނެ ކަމަށް ވިދާޅުވި އެވެ.

”ހޮވައިދިނީމަ މީހުން ދިރިއުޅެން އުޅޭ ހިތުން އުޅޭ ތަނަކަށް ހަދައިދޭނަން، ކޮންމެ ތަނެއްވެސް އަޅުގަނޑު ހަވާލުކުރަނީ، އަޅުގަނޑާ ހަވާލު ކުރާ ވަރަށްވުރެ ރަނގަޅު ތަނަކަށް އެތަން ހަދައި ދިނުމަށްފަހު، ދޭއް ބައި އަހަރު ފަހަރު އަޅުގަނޑު މާލެ ހަވާލު ކުރާނީ މިތަނަކީ އުޅެން ފަސޭހަ، ހިތްގައިމު ތަނަކަށް ހަދައި ދިނުމަށްފަހު،“ އާޒިމް ވިދާޅުވި އެވެ.

މޭޔަރުކަމުގެ އިންތިހާބު ވަރަށް ފަސޭހައިން ކާމިޔާބުވާ ތަން ފެންނަކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގިނިކަންޏާ ނުކުންނަވާ އެއް ލައްކަ ވިހި ހާސް ވޯޓު ހޯއްދެވުމަކީ އެމްޑީޕީއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި އާޒިމް ސިފަ ކުރެއްވި އެވެ.

އާ ސަރުކާރު ވެރިކަމަށް އައީ ދޮގު ހަދައި އޮޅުވާލައިގެން ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެންމެ ފުރަތަމަ އެމްޑަބްލިޔުއެސްސީ ގެ މެނޭޖިން ޑިރެކްޓަރެވެ. ނަމަވެސް 2020 ވަނަ އަހަރު އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަން އާޒިމްއާ ހަވާލުކުރެއްވި އެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް އާޒިމް ހޯއްދަވާފައިވެ އެވެ. އެގޮތުން މާލެ ސިޓީގެ ބަހުގެ ހިދުމަތް ފުޅާކޮށް، މިނީ ބަހުގެ ހިދުމަތް ތައާރަފްކޮށް، އާރްޓީއެލްގެ ހިދުމަތް ފައްޓަވައި ދެއްވާފައިވެ އެވެ.

ނިމިގެންދިޔަ އެމްޑީޕީގެ ވެރިކަމުގެ ސްޕޯޓްސް މިނިސްޓަރުކަން ކުރެއްވި އަހްމަދު މަހުލޫފް ވެސް އެ ޕާޓީގެ ޓިކެޓަށް މީގެ ކުރިން ޝައުގުވެރިކަން ފާޅުކުރެއްވައި ސޯޝަލް މީޑިޔާގައި ކެމްޕެއިން ވެސް ކުރެއްވި އެވެ. ނަމަވެސް، ފަހުން އެކަމާ ގުޅޭ ވާހަކައެއް އޭނާ ދައްކަވާފައި ނުވެ އެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މިހާރުގެ ރައިސް ޑރ. މުއިއްޒު މި މަހުގެ 17 ވަނަ ދުވަހު ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. ޑރ. މުއިއްޒުގެ ސަރުކާރުގެ މަގާމްތަކަށް ވަޑައިގަތުމަށް ސިޓީ ކައުންސިލްގެ މެމްބަރުން އިސްތިއުފާ ދެއްވުމުން މާފަންނު ދެކުނު ދާއިރާ، މެދު ހެންވޭރު ދާއިރާ، އަދި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ވެސް މި ވަގުތު ހުރީ ހުސް ކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: