ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކަނިވެރި މައިންނަށް ދޭ އެލެވަންސް ބޮޑު ކުރަންޖެހޭ: އެޗްއާރުސީއެމް

ފޮޓޯ/އެޗްއާރުސީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރިން އެކަނި ގެންގުޅެމުންދާ މައިންނަށް ސަރުކާރުންދޭ އެލެވެންސް ބޮޑުކުރަން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އެޗްއާރުސީއެމުން ބުނެފިއެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު 25 ވަނަ ދުވަހަކީ އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރާ ދުވަހެކެވެ. މި ދުވަހާއި ގުޅިގެން ސަންގުގެ ”ފުރަމެންދުރު“ ޕްރޮގުރާމްގައި ވާހަކަދައްކަވަމުން އެޗްއާރުސީއެމުގެ ފަރާތުން ނުހާ މުހައްމަދު ރަޝީދު ވިދާޅުވީ ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެއް އަންހެނަކީ އަނިޔާ ލިބޭ އަންހެނެއްކަމަށާއި، މިހެންކަމުން އަންހެނުނަަށް ދިމާވާ ގޮންޖެހުންތަކުން ސަލާމަތް ކުރުމުގައި ދެމި ތިބެން ޖެހޭ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ނިސްބަތުން އެކަނިވެރި މައިން ގިނަމަށާއި، އަނިޔާ ލިބޭ އަދި މިންތީގެ ހަމަހަމަކަމުން މަހުރޫމުވެފައިވާ އަންހެނުންވެސް ގިނަ ކަމަށެެވެ. ނަމަވެސް މިފަދަ އެކަނިވެރި މައިންނަށް ސިންގަލް ޕޭރަންޓް އެލަވެންސްގެ ގޮތުގައި ދޭ ފައިސާ މަދުކަމަށް ނުހާ ވިދާޅުވިއެވެ.

އެހެންކަމުން އެކަނިވެރިމައިންގެ ގޮތުގައި ތިއްބަވާ ފަރާތްތަކަށް އެލެވެންސް ބޮޑު ކުރުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އެކަނިވެރި މައިންނަށް ލިބޭ އެލަވެންސް ބޮޑު ކުރަންޖެހޭ. އެއީ ކުރެވޭ ތަފާތުކުރުންތަކުން ދުރުކުރެވޭ ބާރަކަށް ވެގެންދެ

މިންތީގެ ހަމަހަމަކަން އިތުރުކުރުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރާ ކަމަށާއި، ނަމަވެސް މި ކަންތައްތައް އިތުރަށް ހަރުދާނާ ކުރެވޭނެ އުސޫލެއްގެ ތެރެއިން ކަންކަން ރާވާ ހިންގަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އަންހެނުންގެ ހައްގުތަކާއި ގުޅޭގޮތުން އެޗްއާރުސީއެމުން ވާހަކަ ދައްކާފައިވާއިރު، އެކަނިވެރިމައިންނާއި ބަފައިންނަށް އަދި ކުދިން ބަލަހައްޓަން ސަރުކާރުން މިހާރު ދޭ އެލަވަންސްއަކީ އެކަށީގެންވާވަރަށް ދެވޭ އެލަވެންސެއް ނޫން ކަމަށާއި، އެެއްވެސްކަމެއް ކުރެވޭ ވަރުގެ އެލަވަންސެއް ނޫން ކަމަށް މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ރިޔާސީ ކެމްޕެއިނުގައި އެމަނިކުފާނުގެ ވިދާޅުވީ ކޮންމެ ކުއްޖަކަށް ދޭ އެލަވަންސް ތިން ހާސް ރުފިޔާއަށް ބޮޑުކުރާނެ ކަމަށެވެ.

3،000 ރުފިޔާގެ އެލަވަންސް ލިބޭނީ ހަތަރު ކުދިންނާ ހަމައަށް ކަމަށާއި، އެގޮތުން ޖުމްލަ 12،000 ރުފިޔާއާއި ހަމަޔަށް އެލެވެންސް ދެވޭނެ ކަމަށެވެ.

ވަރަށް ގަދަ
56%ވަރަށް ގަދަ 16%ވަރަށް ގަޔާވޭ 1%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 16%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: