ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ މޭޔަރކަމާއި، ކައުންސިލްއަށް ވާދަކުރަން ޕީޕީއެމް/ޕީއެންސީގެ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލައިފި

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ މަގާމުތަކަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ޓިކެޓުގައި ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ޕާޓީއިން މިހެން ބުނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި މާލޭގެ ސިޓީ ކައުންސިލްގެ 3 ދާއިރާއެއްގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމާއި ގުޅިގެން ނެރުން ބަޔާނުގައެވެ.

މާލޭ ސިޓީގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާ (އަންހެނުންނަށް ޚާއްސަ ގޮނޑި)ގެ މެންބަރު އިންތިޚާބު ކުރުމަށް 2024 ޖެނުއަރީ 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަންގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީ 2023 ޑިސެންބަރު 9 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައިކަމަށް ބުންޏެވެ.

މާލެ ސިޓީ ކައުންސިލް މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، 2023 ނޮވެންބަރު 30 ވާ ބުރާސްފަތި ދުވަހުން ފެށިގެން، 2023 ޑިސެންބަރު 4 ވާ ހޯމަ ދުވަހުގެ 15:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އެހެންކަމުން، މިކަމަށް ޝައުޤުވެރިވާ މެންބަރުން އެކަމަށް އެދި ހުށަހެޅުމަށް މިކޯލިޝަނުން ތައްޔާރުކޮށްފައިވާ ފޯމާއެކު 2023 ޑިސެންބަރު 4 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ޕީއެންސީ އޮފީހަށް ނުވަތަ ޕީއެންސީގެ އީމެއިލް ކޮށްދެއްވުމަށް ވަނީ އެދިފައެވެ. އެޕްލިކޭޝަން ފޮނުވާއިރު، އެޕްލިކޭޝަންގައި ފުރިހަމަ ކުރަން ޖެހޭ ހުރިހާ ބައިތައް ފުރިހަމަކޮށް އަދި އެޕްލިކޭޝަނާއި އެކު ހުށަހެޅުމަށް ބުނާ ތަކެތި ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ

މާލޭ ސިޓީގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިންތިޚާބު ކުރުމަށް 2023 ޑިސެމްބަރު 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޯލިޝަންގެ ޕްރައިމަރީގައި ވޯޓު ލެވޭނީ 2023 ޑިސެންބަރު 1 ގެ ނިޔަލަށް ކޯލިޝަންގެ ދެޕާޓީން ކުރެ ޕާޓީއެއްގެ މެންބަރުންގެ ގޮތުގައި ދެ ޕާޓީން ކުރެ ޕާޓީއެއްގެ ރަޖިސްޓްރީގައި ހިމެނިފައިވާ މެންބަރުންނަށް އެކަނިކަން ޕާޓީއިން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: