ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭގެ އޭރޮނޯޓިކަލް މެސެޖް ހޭންޑްލިން ސިސްޓަމް ޒަމާނީކޮށްފި

ވީއައިއީގެ އެއިރޯ ނޯޓިކަލް މެސެޖް ހޭންޑްލިން ސިސްޓަމް/ ފޮޓޯ: އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީ.އައި.އޭ) ގައި ބޭނުންކުރާ އެއިރޮނޯޓިކަލް މެސެޖް ހެންޑްލިންގް ސިސްޓަމް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމާ ޚިދުމަތްދޭން ފަށައިފި އެވެ.

މިއަހަރު ކުރީކޮޅުގައި ފެށުނު މި މަޝްރޫޢުގެ މަސައްކަތް ނިމުމާއިއެކު ވީ.އައި.އޭ ގައި މިހާރު ގާއިމް ކުރެވިފައިވަނީ މީގެ އެންމެ ފަހުގެ ސިސްޓަމެކެވެ.

މި ސިސްޓަމަކީ ބައިނަލް އަޤްވާމީ އެއަރ ނެވިގޭޝަން ޚިދުމަތްދޭ ފަރާތްތަކާއި، އެއަރލައިން އޮޕަރޭޓަރުންނާއި، އަދި ފްލައިޓް ކުރޫންނާއި ދެމެދު ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ރައްކާ ތެރި ކަމަށް ބޭނުންވާ މައުލޫމާތު ޙިއްސާ ކުރުމަށް ބޭނުންކުރާ ހާއްސަ ޕްލެޓްފޯމެކެވެ. މައިގަނޑު ގޮތެއްގައި މިޕްލެޓްފޯމްގައި ރައްކާތެރިކަމާއި އެކު ހިއްސާ ކުރެވޭ މުހިއްމު މައުލޫމާތުތަކުގެ ތެރޭގައި ފްލައިޓް ޕްލޭނާއި، ނޯޓޭމާއި، މޫސުމާއި ބެހޭ މައުލޫމާތާއި ވައިގެ ދަތުރު ފަތުރު ގެ ސަލާމަތާއި ރައްކާތެރި ކަމަށް ބޭނުންވާ އެހެނިހެން މައުލޫމާތު ހިމެނެއެވެ. ދަތުރުތަކަށް ބޭނުންވާ މައުލޫމާތު ޕައިލެޓުންނަށް ފަސޭހައިން ފޯރުކޮށް ދިނުމާއި، މޫސުމާ ބެހޭ މައުލޫމާތު ހިމެނެއެވެ.

މި ޕްލެޓްފޯމް ގާއިމުވެގެން ދިއުމާއިއެކު މިހާރު މެނުއަލްކޮށް ކުރެވޭ ވަކިވަކި މަސައްކަތްތައް ސިސްޓަމް ތެރެއިން އޮޓޮމޭޓްވެ، އިންޓަރނެޓް މެދުވެރިކޮށް އެއަރލައިންތަކުން ފޮނުވާ ފްލްއިޓް ޕްލޭން އެޕްރޫވްކޮށް ފައިލް ކުރުމުގެ މަސައްކަތް ފަސޭހަކަމާއި ކަމާއިއެކު ކުރެވޭނެއެވެ.

މި ސިސްޓަމަކީ ދުނިޔޭގެ އެކި ޤައުމުތަކަށް އޭވިއޭޝަން ސިސްޓަމްސް އަދި ސޮފްޓްވެއަރގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އިޓަލީގެ ކުންފުންޏެއް ކަމައްވާ އައި.ޑީ.އެސް އެއަރނެވް އާއި ހަވާލުކުރެވިގެން ކުރިއަށްގެންދެވުނު ބައި މިލިއަން ޑޮލަރުގެ އަގުބޮޑު މަޝްރޫޢުއެކެވެ. އައި.ޑީ.އެސް އެއަރނެވް އިން ވަނީ، މިސިސްޓަމް ވީ.އައި.އޭގައި ގާއިމުކުރުމުގެ އިތުރުން އެއިރޮނޯޓިކަލް އިންފޮމޭޝަން ސިސްޓަމެޓިކްކޮށް މެޏޭޖްކުރަން ބޭނުންވާނެ ޕްލޭނެއް ރާވާ އެކުލަވާލުމަށް އެހީތެރިވެދީފައެވެ. އަދި މި ސިސްޓަމް ބޭނުންކުރާނެ ގޮތުގެ ޚާއްސަ ތަމްރީންވެސް ވަނީ ކަމާއި ބެހޭ މުވައްޒަފުންނަށް ފޯރުކޮށްދީފައެވެ.

މިއީ ވީ.އައި.އޭ އިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ހުރިހާ ޚިދުމަތެއްގައި އެންމެ މަތީ ފެންވަރުގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެކެވެ.
މި ޚިދުމަތް ފޯރުކޮށްދެމުންދާނީ މިހާރުވެސް ރާއްޖޭގެ ވައިގެ ސަރަޚައްދުގައި އެއަރ ނެވިގޭޝަންގެ ޙިދުމަތް ދެމުންގެންދާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ސަބްސިޑަރީއެއްކަމަށްވާ މޯލްޑިވްސް ނެޝަނަލް އެއަރޓްރެފިކް ސަރވިސަސް (އެމްނެޓްސް) އިންނެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: