ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވ. ކެޔޮދޫއަށް މިފަހަރު ޒުވާނެއް؛ ސައީދު މަޖިލީހަށް ވާދަކުރައްވަނީ!

ވ. ކެޔޮދޫ ދާއިރާއަށް ސައީދު ވާދަކުރައްވަނީ!
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވ. ކެޔޮދޫ ދާއިރާއަށް އަބްދުﷲ ސައީދު ވާދަކުރެއްވުމަށް ނިންމައިފި އެވެ.

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ސަބަބެއްކަމަށް، ސައީދު ވިދާޅުވެފައި ވަނީ ދާއިރާއަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމެވެ. އެކި ވެރިކަންތަކުގައި ދާއިރާއަށް އަޅާނުލެވި އޮތުމަކީ ކަންބޮޑުވުމެއްކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ބޭނުން ވަނީ ސަރުކާރާއި ގުޅިގެން ކުރިޔަށް ގޮސް ރައްޔިތުންނަށް ހިދުމަތް ދޭން ކަމަށެވެ.

ސައީދު ވިދާޅުވީ އޭނާ ގަބޫލު ކުރާ ގޮތުގައި ރާއްޖެއަށް ތަރައްގީ ގެނެސް، ކުރިއެރުންތައް ގެނެވޭނީ ޕީޕީއެމް/ޕީއެންސީއަށް ކަމަށެވެ. އަދި އެކަން ރިޔާސީ އިންތިހާބުގެ ނަތީޖާއިން ސާފުވެގެން ދިޔަކަމަށާއި، ކުރިޔަށް އޮތްތަނުގައި އެންމެ ބޮޑު ދަފްތަރެއް އޮންނާނީ ޕީއެންސީގެކަމާއި މެދު އެއްވެސް ޝައްކެތް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ހެޔޮ ބަދަލެއް ފެންނާނެ ސަރުކާރެއްކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، ބޭނުންވާ ބަދަލު ގެނެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މުހިންމީ ރައްޔިތުންނަށް ފައިދާ ކުރުވަނި ގޮތްތަކެއްކަމަށާއި، އޭނާ އަބަދުވެސް ދެމި ހުންނާނީ އެގޮތުގައި ކަމަށެވެ.

ޕީއެންސީގެ މަސައްކަތްތަކަށް ތައުރީފު ކުރައްވައި ސައީދު ވިދާޅުވީ ޕާޓީގެ މެމްބާޝިޕް އިތުރު ކުރުން ބާރު ސްޕީޑުގައި ދަނީ ކުރިޔަށްކަމަށާއި، އުންމީދަކީ ވީހާވެސް ގިނަ ބަޔަކު ޕާޓީއާއި ގުޅި ސަރުކާރާއި އެކު މަސައްކަތް ކުރުން ކަމަށެވެ.

ސައީދު ވިދާޅުވީ އަމާޒަކީ ދާއިރާއަކީ ތައުލީމީ ޖީލެއް ބިނާ ކުރާތަނަކަށް ހެދުން ކަމަށެވެ. އަދި ޒުވާނުން ބާރުވެރިކުރުވައި، ޒުވާނުންނަށް ދިމާވާ ދަތިތައް ހައްލުކުރުމާއި އެކު ޒުވާނުން އެންމެ ބޭނުންވާ ކުޅިވަރުގެ ދާއިރާތަކުގެ ތެރެއިން ފުރުސަތުތައް ހޯދައިދޭނެ ކަމަށެވެ. ޒުވާނުން ބިނާ ކުރުމަށް މަސައްކަތް ކުރެވުނު ނަމަވެސް، އެއްވެސް އުމުރެއް ތަފާތު ކުރުމެއް ނެތި މަޝްވަރާކޮށްގެން ގާތުން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ސައީދު ވަނީ ދާއިރާގެ ރައްޔިތުންނަށް ދެއްވާފަ އެވެ.

ސަންގުއާއި އިތުރަށް ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ދައުލަތުގެ ބަޖެޓުގައި ކެޔޮދޫގެ ބިން ހިއްކުން ހިމަނާފައިވާއިރު އެކަމުން ރައްޔިތުންނަށް މަންފާ ހޯދައިދީ އެ މަސައްކަތް އަވަސް ކުރުމަށް ވަކާލާތު ކުރާނެ ކަމަށެވެ. އަދި މަޖިލީހުގެ ތެރެއިން އެކަމަށް ބާރު އެޅުމާއި އެކު ދާއިރާގެ ތަރައްގީއަށް ޕްލޭނެއް އެކުލަވާލާނެކަމަށް ސައީދު ވިދާޅުވި އެވެ. ބޯހިޔާވަހިކަމުގެ މައްސަލައަކީ ދިމާވެފައިވާ، އެންމެ ބޮޑު ގޮންޖެހުމާއި ލިބޭ ޝަކުވާއަށް ވާއިރު ސައީދު ވިދާޅުވީ ރައްޔިތުންގެ އަޑު އޭނާ މަޖިލީހުގައި އިއްވާނެ ކަމަށެވެ.

މީގެއިތުރުން ލޯކަލް ޓޫރިޒަމަށް ފުރުސަތުތައް ހޯދައިދީ، އެކަމުން ރަށަށް ބޭނުންވާ ނަފާ ލިބޭނެ މަގުފަހިކޮށްދޭނެކަމަށް އޭނާ ވިދާޅުވި އެވެ. ސައީދު ވިދާޅުވީ އެ މަސައްކަތުގެ ޕްލޭނެއް ވެސް އެކުލަވާލާފައިވާކަމަަށާއި، އެ މައުލޫމާތު ރައްޔިތުންނާއި އޭނާ ހިއްސާ ކުރާނެ ކަމަށެވެ.

މިއީ ފުދުންތެރި ޖީލެއް ބިނާކުރުމުގެ މަސައްކަތުފެ ފެށުންކަމަށާއި، އެނާގެ ދައުރު ނިމިގެންދާއިރު ރައްޔިތުންގެ ހުރި ބޮޑެތި ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ވެސް ނިމުމެއް އަންނާނެކަމަށް ސައީދު ވިދާޅުވި އެވެ.

ކެޔޮދޫ ދާއިރާއަށް ވާދަކުރައްވާ ސައީދު ވަނީ އިޖްތިމާއީ ޕްރޮގްރާމުތައ ރާވައި، އެކުލަވާލާފަ އެވެ.

ވަރަށް ގަދަ
77%ވަރަށް ގަދަ 15%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 8%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: