ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްގެ އޮތީ ތިރިން މައްޗަށް އެކުލަވާލާފައެއް އޮތް އޮނިގަނޑެއްގެ؛ ހަސަންގެ އަމާޒަކީ އިންތިހާބު ކާމިޔާބު ކުރުން

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ތަޖުރިބާގެ އަލީގައި މަސައްކަތް ކުރުމުގެ ފުރުސަތާއި އެކު ބޭނުން ވަނީ ޑިމޮކްރެޓްސް އަކީ ރާއްޖޭގެ އެންމެ ކާމިޔާބު ޕާޓީއަށް ހެދުންކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރި ހަސަން އަކީ، ޕާޓީގެ އެތެރޭގައި ދެ ރައީސުންގެ ދެމެދު ޖެހުނު މައްސަލައިގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. އަދި ޑިމޮކްރެޓްސް އުފެއްދުމުގައި އިސް ރޯލެއް އަދާކުރައްވާފައިވާ ހަސަން އަކީ އެ ޕާޓީގެ އިންޓަރިމް ޗެއާ އެވެ.

އަންނަ ހޮނިހިރު ދުވަހު ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު އޮތް އިރު، އިންތިހާބު ފެންނަނީ ވަރަށް ވާދަވެރިކޮށެވެ. އަދި އިންތިހާބުގައި ވާދަކުރައްވާ ސަބަބާއި، ޕާޓީގެ ކުރިމަގާއި ގުޅޭގޮތުން ހަސަން ލަތީފް ވަނީ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވާފަ އެވެ.

ރައްޔިތުންނަށް ނުހަނު ގިނަ އުންމީދުތަކެއް ދީ، 2018 ގައި ގެނައި ވެރިކަމެއްގައި އެ ހުރިހާ އަސާސަކާއި ދެކޮޅަށް ނަތީޖާތަކެއް ފެންނަން ފެށުމަކީ އައު ޕާޓީގެ ވުޖޫދު ކުރަން ޖެހުނު ސަބަބުކަމަށް ހަސަން ވިދާޅުވި އެވެ. އެމްޑީޕީގެ ތެރެއިން ދެން ބަދަލެއް ނުފެންނާނެކަމަށާއި، 2005 ގައި ޕާޓީ އުފެދުނު ސަބަބުތަކާއި ހަމައަށް ދެން ނުދެވޭނެކަމަށް ގަބޫލު ކުރެވުނު ހިސާބަކީ ޑިމޮކްރެޓްސްގެ ފެށުންކަން ހަސަން ފާހަގަކުރެއްވި އެވެ. އެހެންކަމުން ޑިމޮކްރެޓްސް އުފެއްދުމުގެ ބޭނުމަކީ ދިވެހި ރާއްޖެއަށް ހެޔޮ ބަދަލެއް ގެނެސްދީ، ޑިމޮކްރަސީގެ މަގުން ހިނގުންކަމަށް އޭނާ ވިދާޅުވި އެވެ.

ލާމަރުކަޒު ކުރެވިފައިވާ އޮނިގަނޑެއްގެ ތެރެއިން ޑިމޮކްރެޓްސް އުފައްދައި ރަށްތަކުގެ ރައްޔިތުން ބާރުވެރި ކުރުވައި، ފަރުދީ ތަނަވަސްކަމާއި އަބުރުވެރި ހަޔާތެއް ހޯދައިދިނުމަކީ އެއީ ޕާޓީގެ އެންމެ މުހިންމު މަގްސަދުކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އެހެންކަމުން މި ވިސްނުން ދަމަހައްޓައި ކުރިއެރުވުމުގައި ދެމި ހުންނަވަން ބޭނުން ވާތީ އާއި، އެކަން ކުރިޔަށް ގެންދިއުމުގައި އިސްކޮށް ހުރުމަށް އޭނާއަކީ މިވަގުތު ހުރި އެންމެ ރަނގަޅު އެކަކުކަމަށް ގަބޫލު ކުރައްވާކަމަށް ހަސަން ވިދާޅުވި އެވެ.

ޑިމޮިކްރެޓްސްގެ ރައީސްގެ މަގާމަށް ހަސަން އާއި އެކު ވާދަކުރައްވައި 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރި ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓު އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ. އެހެންކަމުން ހަމައެކަނި އެ ވިސްނުމަށް ބަލައި ވެސް އެއީ ދިމާވެދާނެ ގޮންޖެހުމެއްތޯ ސުވާލު ކުރުން ހަސަން ވިދާޅުވީ އެއީ އާންމުންގެ ހިޔާލަށް އަންނާނެ ސުވާލެއް ކަމަށެވެ. އެކަމަކު ޕާޓީއެއްގެ ހިންގުމުގެ ގޮތުން ބަލާއިރު އޭނާއަކީ އެ ތަޖުރިބާ ހުރި މީހަކަށް ވުމުން ޑިމޮކްރެޓްސްއަށް އެކަން މުހިންމުވާނެކަމަށް ދެކޭކަމަށް ހަސަން ވިދާޅުވި އެވެ.

ޕާޓީގެ ކުރިމަގާއި މެދު ކުރެވޭ އުންމީދުތައް ބޮޑުއިރު، ހަސަންގެ އަމާޒަކީ ކާމިޔާބީގެ އެއް ހިއްސާއެއްގެ ގޮތުގައި އޭނާ ވެގެން ދިއުމެވެ. އެގޮތުން ސިޔާސީ މައިދާނުގައި ކުރެވުނު މަސައްކަތުގެ ތަޖުރިބާގެ އަލީގައި ކުރަން ހުރީ އުނދަގޫ އަދި ބުރަ ބޮޑު މަސައްކަތެއް ނަމަވެސް ހަސަން ވިދާޅުވީ އޭނާގެ ހިތް ގަބޫލު ކުރަނީ ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ ގާބިލުވެފައި އެކަމަށް އެކަށޭ ކަމަށެވެ.

އެމްޑީޕީގެ އަސާސީ ގަވައިދު މިސާލެއްގެ ގޮތުގައި ނަންގަވައި ހަސަން ވިދާޅުވީ ޕާޓީގައި ދާއިރާގެ ރައީސެއް ހުންނައިރު އޭގެ ތެރޭގައި ހިމެނޭ އެހެން ރަށްތަކަށް ދިމާވާ ދަތިތައް ހުންނަ ކަމަށެވެ. އޭގެ ތެރޭގައި ގުޅުން ކުޑަވުން، ނުވަތަ މަޝްވަރާއަކަށް ބޭނުންވާ ވަގުތުގައި ބައްދަލު ކުރެވޭނެ ގޮތެއް ނެތުން ފަދަ މައްސަލަތައް ދިމާވިކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ އެކަމަށް ހައްލު ގެނައުމަށް ޑިމޮކްރެޓްސްގެ ވިސްނުމަކަށް ވީ ހަސަން ވިދާޅުވި ގޮތުގައި އެ ރަށެއްގައި ވެސް ޕާޓީގެ އިސް ބޭފުޅުން ތިބުމެވެ.

އެކަންކަން މިއޮތީ، އިރާދަކުރެއްވިއްޔާ ހުރިހާ ޑިމޮކްރެޓުންގެ މަސައްކަތުން މިއޮތީ، އަސާސީ ގަވައިދު ބަދަލު ކުރެވިފައި.. އަޅުގަނޑު އޭގެ އެންމެ މިސާލެއް ދަންނަވާލާނަން.. އެމްޑީޕީގެ އަސާސީ ގަވައިދު މި އޮންނަ ގޮތުން، އިންނަނީ ދައިރާ ރައީސުންތަކެއް.. ދެން ދާއިރާ އެނގިވަޑައިގަންނަވާނެ، އެތައް ރަށްތަކެއްގެ މައްޗަށް ވެސް އެބަހިމެނޭ ދާއިރާތައް.. މިހެން ހުންނައިރު އެތައް ރަށްތަކެއް ހިމެނޭ ދައިރާއެއްވެއްޖެޔާ… ދާއިރާގެ ރައީސެއް، އެ ދާއިރާ ތަމްސީލު ކުރަންވީމާ، ވަރަށް ގިނަ ދަތިތައް އެބަދިމާވޭ، ރަށްތަކުގައި މި ތިބޭ އާންމުންނަށް.. އެ ދާއިރާގެ ރައީސާއި ގުޅުން ވެސް އޮންނަލެއް ކުޑަކަމުން.. އެއީ އެއް މިސާލު…

އެހެންވެ އެ ހުރިހާކަމެއްގެ ތަޖުރިބާގައި ގެނައި ބަދަލެއްކަމަށް ހަސަން ވިދާޅުވީ ސީދާ އެ ރަށެއްގައި ރައީސަކާއި، ރަށު ނައިބު ރައީސެއް އަދި ރަށުގެ ސެކޭޓްރީއަކާއި، ރައްޔިތުންގެ ފަރާތުން ބަސް ބުނެ ކަންކަން ނިންމާނެ އެސެމްބްލީއެއް އޮތުމެވެ. އެއާއި އެކު ކޮމިޓީތަކަށް ބާރުތައް ދީ ރަށުގެ ލެވެލްގައި ގޮތް ނިންމުމުގެ ބާރު ދިނުން އޭނާ ފާހާގަކުރި އެވެ.

ހަސަން ތަކުރާރުކޮށް ފާހަގަކުރައްވަމުން ގެންދެވީ، ސިޔާސީ ތަޖުރިބާގެ އަލީގައި މަސައްކަތް ކުރުމުގެ ފުރުސަތު އޭނާއަށް ދިނުމަށެވެ. އަދި އެފަދަ މަގާމެއްގައި މަސައްކަތް ކުރެވޭނެ، އެކަން ކުރިޔަށް ގެންގޮސްފައި ހުރި  މީހަކު ހުރުމަކީ މުހިންމުކަމެއްކަމަށް ހަސަން ވިދާޅުވި އެވެ.

މި ދަންނަވާ ވާހަކައަކީ ތިރިން މައްޗަށް އެކުލަވާލާފައެއް އޮތް އޮނިގަނޑެއްގެ ތެރޭގައި އަޅުގަނޑުމެން މި ޕާޓީ ހިންގަން މި ވިސްނަނީ

މާލޭގެ މޭޔަރުކަމުގެ އިންތިހާބު ކުރިޔަށް އޮތްއިރު، ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކީ މިހާރު ވެސް ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނެވި ސައިފް ފާތިހެވެ. އަދި އޭނާ ވަނީ އެ އިންތިހާބު ވެސް ޕާޓީއަށް ހޯދައިދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: