ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިގުރަށުގައި ކުޑަކުއްޖަކު ކޮތަޅަކަށްލައި އެއްލާލާފައި އޮއްވާ ފެނިއްޖެ

ކުޑަކުއްޖާ ހެލްތު ސެންޓަރަށް ގެންދަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އދ. ދިގުރަށުގައި ވިހާފައި ކޮތަޅަކަށްލައި އެއްލާލާފައިވާ ކުޑަކުއްޖަކު އެރަށު ކުނިގޮނޑުންް ފެނިފައިވާކަމަށް އެރަށުގެ ކައުންސިލުން ފުލުހުންނަށް އަންގައިފިއެވެ.

އެ ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ވޭސްޓް މެނޭޖްމަންޓު ސެންޓަރުގައި މަސައްކަތްކުރާ ބިދޭސީއަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

ރަށު ތެރެއިންނާއި އަދި ގެސްޓު ހައުސްތަކުން ނަގައިގެން ގެންނަ ކުނީގެ ތެރޭގައި ހުންނަ ދަޅާއި ޕްލާސްޓިކު އަދި އެހެނިހެން ތަކެތި ކޮތަޅުތަކުން ނަގައި ވަކިކުރަމުން ދަނިކޮށް ގެސްޓު ހައުސްތަކުން ގެނެވުނު ކުނި އަޅާފައި ހުރި ކަޅު ކޮތަޅެއްގެ ތެރޭގައި ފޫޅުވެސް ނުކަނޑާ އެ ތުއްތު ކުއްޖާ އޮތްތަން ފެނުނު ކަމަށް އެރަށުގެ ކުނި މެނޭޖުކުރުމާއި ހަވާލުވެހުރި މީހާ ވަނީ ބުނެފައެވެ.

ދިގުރަށުގެ ކައުންސިލުން މީޑިއާތަކާއި މައުލޫމާތު ހިއްސާ ކުރައްވާ ވިދާޅުވީ ކުޑަކުއްޖާއަށް އެއްވެސް އަނިޔާއެއް ބޭރުފުށުން ލިބިފައި ނުވާކަމަށާއި އަދި ވަގުތުން އެކުއްޖާ އެރަށުގެ ހެލްތުސެންޓަރަށް ގެންގޮސްފައިވާކަމަށެވެ. ކުއްޖާ ބެލި ޑޮކްޓަރުން އެ ކުއްޖާ ނިޔާވެފައިވާ ކަމަށް ނިންމާފައިވާ ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

މިމައްސަލައިގައި ފުލުހުން ވިދާޅުވީ ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދު 09:20 އެހާކަންހާއިރު ކަމަށެވެ. އެހެން ކަމުން އެކަމުގެ ތަހުގީގު ކުރުމަށް މިހާރު ފުލުންގެ ޓީމެއް އެރަށުގައި ހަރަކާތްރެރި ވަމުން ދާކަމަށް ވެސް މައުލޫމާތު ދެއްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 90%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: