ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުއްތު ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އދ. ދިގުރަށުގައި ތުއްތު ކުއްޖަކު ވިހާފައި މަރާލައި ކޮތަޅަކަށްލައި އެއްލާލި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ދިގުރަށުގައި ހިނގައިދިޔަ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ލަންކާ އަންހެނެކެވެ. އެމައްސަލައާއި ގުޅިގެން ހައްޔަރުކުރި މިހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް އެމީހާ ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އެރަށުގެ ކައުންސިލުން ވިދާޅުވީ ނިޔާވި ކުއްޖާ ފެނިފައިވަނީ ރަށުތެރެއިން އަދި ގެސްޓުހައުސްތަކުން ނަގައިގެން ގެންނަ ކުނީގެ ތެރެއިންކަމަށެވެ. އަދި ކުނީގެތެރޭގައި ހުންނަ ދަޅާއި ޕްލާސްޓިކު އަދި އެހެނިހެން ކުނި، ކޮތަޅުން ނަގައި ވަކިކުރަމުން ދަނިކޮށް ގެސްޓު ހައުސްތަކުން ގެނެވުނު ކުނި އަޅާފައި ހުރި ކަޅު ކޮތަޅެއްގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ.

ނިޔާވި ކުއްޖާ ފެނުންއިރު އެކުއްޖާގެ ފޫޅުވެސް ނުކަނޑާ ކަމަށާއި ސިއްހަތުރަނގަޅު ފިރިހެން ކުއްޖެއްކަމަށްވެސް އެރަށުގެ ވޭސްޓު މެނޭޖްމެންޓު ސެންޓަރުގައި މަސައްކަތް ކުރާ މީހެއްވަނީ މައުލޫމާތުދީފައެވެ. އަދި އެރަށުގެ ހެލްތުސެންޓަރަށް ކުއްޖާ ގެންދިއުމުން ޑޮކްޓަރ ވަނީ އެކުއްޖާ ނިޔާވެފައިވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ބޭރުފުށުން އެއްވެސް ޒަހަމެއް ލިބިފައިނުވާކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: