ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައީމާގެ މަރުގެ މައްސަލަ ސާބިތު ކުރެވޭ ވަރަށް ހެކިވަނީ ލިބިފައި: ޝަމީމް

ނައީމާ މޫސާ
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރު އޭޕްރީލް މަހުގައި ކުރީކޮޅު ނ.މަނަދޫ ގެއެއްގެ ތެރޭ މަރާލާފައި އޮއްވާ ފެނުނު ނައިމާ މޫސާގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި މީހުންނަށް ކޮށްފައިވާ ދައުވާތައް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ވިދާޅުވީ ނައިމާ މަރުގެ މައްސަލައިގައި ތިން މީހަކަށް ދައުވާ ކޮށްފައިވާ ކަމަށާއި، މި މައްސަލަގައި މި މީހުންނަށް އުފުލާފައިވަނީ ތިން ދައުވާ އެއް ކަމަށެވެ. ނައީމާގެ މަރުގެ މައްސަލައިގައި މީގެ ކުރިން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެރަށުން ހައްޔަރުކުރި ދެ ޒުވާނުންނަކީ އަހްޒަމް އަބްދުއްޝަކޫރު ،23، އާއި ރިފާޝް 21، އެވެ.  ނަމަވެސް ތިންވަނަ ފަރާތެއްގެ ގޮތުގައި ޝަމީމް ފާހަގަކޮށްފައިވަނީ ހަމަ އެރަށަށް ނިސްބަތްވާ މީހެއް ކަމަށްވާ އަބްދުލްވާހިދު ރިފާސްއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކެއްގެ ރެކޯޑެއް އޮތް ދެ މީހުންނެވެ.

އެގޮތުން ޕީޖީން މި މީހުންނަށް ކޮށްފައިވާ ދައުވާތައް ހާމަކޮށްފައިވާއިރު، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުުޅުމާއި، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ އިތުރުން މައްޔިިތާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ހިފުމުގެ ކުށް ވެސް މި މީހުންގެ މައްޗަށް ކޮށްފަވެއެވެ. ޕީޖީން ހާމަ ކުރި ގޮތުގައި މި ތިން މީހުންގެ މައްޗަށް ކުރާ ދައުވާތައް ކްރިމިނަލް ކޯޓަށް ހުށައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި މައްސަލަލައިގައި ސައިންޓްފިކް ހެކިތަކާއި ޑީއެންއޭއަށް ބެލުމަށް ފަހު މައްސަލަ ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށް ޝަމީމް ފާހަގަ ކޮށްފައެވެ.

އިތުރު ބަޔަަކު ނައިމާގެ މަރުގެ މައްސަލަގައި ބައިވެރިވެފައި ނުވޭ. އެކަމަކު އިތުރު ބަޔަކަށް މައްސަލަ އެނގިފައި އޮވެދާނެ

ނައިމާ މޫސާ މަރާލާފައި ވަނީ މި އަހަރު އޭޕްރީލް މަހު ހަވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ. އުމުރުން 62 އަހަރުގެ ނައިމާ ފެނުނު އިރު ވަނީ އޭނާ މަރުވިތާ 40 ގަޑިއިރުވެފައި ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައެވެ. ނައިމާ އަކީ އެކަނި ގެއެއްގައި ދިރި އުޅެމުން ދިޔަ އަންހެނެކެވެ. އޭނާ އަކީ ވޭޖު އުސޫލުން އެ ރަށު ކައުންސިލް އިދާރާގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މީގެ ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނައިމާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ހަތިޔާރުތައް ހޯދިފައިވާ ކަމަށެވެ. އަދި ނައީމާއަށް ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު އަންދާލުމަށްފަހު ވަޅުގަނޑަކަށް ލާފައިވާ ކަމަށެވެ. އަދި  ކޮމިޝަނަރު ހަމީދު ވިދާޅުވީ އަންނައުނު ހޯދާފައިވަނީ  ވަޅުގަނޑު ކޮނެގެން ކަމަށެވެ.

އޭރުވެސް ހަމީދު ވިދާޅުވީ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން ގޮސްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ހެކި ހުރިކަމަށް ބެލެވޭ ތަނެއް ބަލައި ފާސްކުރަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ.

ނައިމާއަކީ ސިހުރު ހަދާ މީހެއް ކަމަށާއި އޭނާ މަރާލީ ސިހުރުގެ ކަމަކާ ގުޅިގެންކަމަށް އެރަށު ވާހަކަ ދެއްކި މިހުންވެސް ވަނީ ތުހުމަތުކޮށްފައެވެ. ނައީމާގެ މަރުގެ މައްސަލައާ ގުޅިގެން އެރަށު ރައްޔިތުން ޑީއެންއޭ ސާމްޕަލްވެސް ނާގަފައިވާ ކަމަށް ފުލުހުން މީގެ ކުރިންހާމަ ކޮށްފައި ވެއެވެ.

ނައިމާގެ މަރުގެ މައްސަލައާ ގުޅިގެން އެރަށު މީހުންގެ ޑީއެންއޭ ސާމްޕަލް ފުލުހުން ނެގާފަވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށުގެ ގިނަބައެއްގެ ސާމްޕަލް ފުލުހުން ނަގާފައިވަނީ ނައިމާގެ ގޮށްމުށުގެ ތެރޭގައި އިސްތަށިތަކެއް ތިއްބާ ފެނިފައިވާތީ އެވެ.

 

 

 

 

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: