ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުގައި މީހުން މަރުވުމުގައި އިހުމާލެއް އޮތްތޯ ބަލާނީ އިމްރާނެއް ނޫން: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު ވައްޑެ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް މަރުވާ މީހުން މަރުވަނީ، އެއްވެސް އިހުމާލެއް އޮތެގެންތޯ ނުވަތަ ނޫންތޯ ނިންމަވާނީ ހޯމް މިނިސްޓަރ ޢިމްރާން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

މާފުށި ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި، މ. މުލި، ހުދުފިނިފެންމާގޭ، މުހައްމަދު ނަޝީދުގެ މިދިޔަ ހަފުތާގައި މަރުވި މައްސަލައިގައި މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ އިހުމާލެއް ނެތް ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

އިމްރާންގެ ވާހަކައަށް ރައްދު ދެއްވަައި ވައްޑެ ކުރި ޓުވީޓުގައި ވަނީ، އެފަދަ މައްސަލަ ތަކުގައި އިހުމާލެއް އޮތްކަން ނުވަތަ ނެތްކަން ނިންމަވާނީ މިނިސްޓަރެއް ނޫންކަމަށެވެ. އަދި އެކަން ނިންމަންޖެހޭނީ ‎ހިޔުމަން ރައިޓްސް ކޮމިޝަންގެ ތަޙުޤީޤަކުން ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ.

އުމުރުން 43 އަހަރުގެ ނަޝީދު މަރުވީ އޭނާ ނޭވާ ނުލާކަން ގޮޅީގައި ތިބި އެހެން ގައިދީންތަކެއް އެންގުމުން އިތުރު ފަރުވާ ދެމުން އަންނަނިކޮށް ކަމަށް ކަރެކްޝަންސް އިން މީގެ ކުރިން ބުނެފައިވެ އެވެ. އޭނާ މަރުވުމުގައި ކަރެކްޝަންސްގެ އިހުމާލު އޮތް ކަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: