ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާދަ މިލިއަންގެ މުދާ ހިފެހެއްޓި އަމުރު ބާތިލުކޮށްދޭން އެދި މަންޑޭ ހުށަހެޅި މައްސަލަ ބަލައެއްނުގަތް!

މަންޑޭގެ ގެއިން ހިފެހެއްޓި ބައެއް އަގުބޮޑެތި ސާމާނު/ ފޮޓޯ: ޕީޖީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަކަރާއި ހީލަތުން އޮޅުވާލައި ގިނަ ބަޔަކަށް ފްލެޓުތައް ވިއްކައިގެން ފައިސާ ހޯދި ކޭ ޕާކް ރެސިޑެންސްގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ދިރިއުޅޭ ގެއިން ފެނުނު އަގުބޮޑެތި މުދާތައް އަހަރު ދުވަހަށް ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލު ކުރުމަށް އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި އެވެ.

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ކޭޕާކް ރެސިޑެންސްގެ ފްލެޓުތަކުގެ މައްސަލަ ފެންމަތިވީ ފަހުން، އެންމެ ބޮޑަށް މީޑިއާތަކުގައި ފެންމަތިވީ މަންޑޭގެ އަގުބޮޑު ދިރިއުޅުމާއި ގުޅޭގޮތުންނެވެ. އެގޮތުން އޭނާގެ ހާލަތާއި ނުބައްދަލު މުއްސަނދިކަމާއި އެކު، ރާއްޖެއިން ބޭރުގެ އެކި ގައުމުތަކަށް ކުރާ ދަތުރުތަކާއި އަދި އަގުބޮޑެތި ހޮޓެލްތަކުގައި މަޑުކުރުން އަދި އޭނާ ދިރިއުޅެން ގަނެފައިވާ ޕެންޓް ހައުސްގައި މަޝްހޫރު އަގުބޮޑު ބްރޭންޑުގެ ސާމާނުތައް ހުރުން ފާހާގަކުރެވުނެވެ.

ކޭޕާކުގެ އެޕާޓްމަންޓުގެ ފެލެޓުތައް އެކި މީހުންނަށް އެއްތަން އަގުބޮޑުކޮށް ވިއްކި މައްސަލަ ފަޅާއަރާފައިވަނިކޮށް، ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މަންޑޭގެ އެޕާޓްމަންޓު ބަލައި ފާސްކޮށް އެތާ ހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ހުޅުމާލޭގައި ހުރި އެ އެޕާޓްމަންޓު ބަލައި ފާސް ކުރުމުގެ އަމުރެއް ނެރުނީ ހުޅުމާލެ ކޯޓުންނެވެ. އެ އަމުރު ނެރެފައި ވަނީ މަންޑޭއާއި އޭނާގެ އަނބިމީހާގެ މައްޗަށެވެ. އަމުރުގައި ވަނީ ތަހުގީގު ނިމެންދެން ހިފަހައްޓާފައިވާ މުދާތަކަކީ، ފޭކު ޑޮކިއުމަންޓުތައް ހަދައި އެ ބޭންކަށް ހުށަހަޅައިގެން ހުޅުވާފައިވާ އެކައުންޓަކަށް ފައިސާ ޖަމާކޮށްގެން ގަނެފައިވާ މުއްދާ ކަމަށެވެ.

ހިފެހެއްޓި މުދަލަކީ އެފްޑަބްލިއު ރެސިޑެންސްއިން މަންޑޭ ގެނެފައިވާ ހަތް މިލިއަން ރުފިޔާގެ ޕެންޓް ހައުސް އާއި އަގުބޮޑެތި ގަހަނާއި އެކި ބްރޭންޑުތަކުގެ އަތް ދަބަހާއި، އަންނަނު އަދި ފައިވާނާއި ބޫޓު އަދި ސެންޓު ފަދަ ތަކެއްޗެވެ. އެ މައްސަލައިގައި މަންޑޭގެ ފަރާތުން، އަމުރު ބާތިލުކޮށްދޭން އެދި ކޯޓަށް ހުށަހެޅީ އެވެ. މިދިޔަ މަހުގެ 24 ގައި ހުށަހެޅި އެ މައްސަލަ ބަލައިނުގަތުމަށް ކޯޓުގެ ރެޖިސްޓްރާ ވަނީ ނިންމަވާފަ އެވެ.

މަންޑޭގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭގޮތުން ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައި ވަނީ އެ ގެއިން ފެނުނު ތަކެތީގެ ޖުމްލަ އަގުތައް ހުރީ މިލިއަނުން ކަމަށެވެ. އެގޮތުން ލަގްޒަރީ ބްރޭންޑެޑް އަތްދަބަސްތަކުގެ އަދަދު 90،000 ޑޮލަރަށް އަރާއިރު، 10،000 އާއި 15،000 ރުފިޔާއަށް ގަނެފައިވާ ގަހަނާތައް ހުއްޓެވެ، އަދި އަތުގައި އަޅާ ބައެއް ފިރިހެން ބްރޭސްލެޓްތައް 28،000 ޑޮލަަރަށް ގެނެފައި ވެއެވެ. އަދި 200 އަށް ވުރެ ގިނަ ބްރޭންޑެޑް ސެންޓުފުޅި ވަނީ ފެނިފަ އެވެ.

ޕެންޓް ހައުސްގެ އަގާއި، އެކު މިހާތަނަށް އެއް ކުރެވިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުން އޭގެތެރެއިން ހިފެހެއްޓި ތަކެތީގެ ޖުމްލަ އަގު 14 މިލިއަން ރުފިޔާއަށް ވުރެ މައްޗެވެ.

ޝަމީމް ވިދާޅުވީ ހިޔާނާތުގެ މައްސަލައިގައި މަންޑޭގެ މައްޗަށް 200 އަށް ވުރެ ގިނަ ދައުވާ ކުރެވޭނެ ކަމަށެވެ. މަންޑޭއާއި އެކު މި މައްސަލައިގައި ތުހުމަތު ކުރެވޭ އެހެން ދެ މީހަކު ވެސް އެބަތިއްބެވެ. ފުލުހުން އެ މީހުންގެ މައްޗަށް ކުރަނީ ސައްހަ ނޫން ލިޔެކިއުންންތައް އުފެއްދުމުގެ ތުހުމަތާއި، މަނީލޯންޑްރިންގެ ތުހުމަތެވެ. އެކަން ފާހަގަކޮށް ޝަމީމް ވިދާޅުވި ދެ މީހުންގެ މައްޗަށް ސައްހަ ނޫން ލިއުން އުފެއްދުމުގެ ކުށުގެ ދައުވާ އާއި، އޮޅުވާލުމުގެ ކުށުގެ ދައުވާ އަދި ޓެކުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ވެސް ކުރެވޭނެ ކަމަށެވެ.

މިހާ ގިނަ އަދަދެއްގެ ދައުވާތައް މަންޑޭގެ މައްޗަށް ކުރެވޭނެ ސަބަބެއްކަމަށް ޝަމީމް ވިދާޅުވީ ގިނަ ބައެއްގެ މައްޗަށް މަރަކާރާއި ހީލަތް ހަދާފައިވާތީ އެވެ. އެއީ 41 އެޕާޓްމަންޓެއް 107 މީހަކަށް ވިއްކާފައިވާތީ ކޮންމެ މީހެއްގެ ބައި ވަކިވަކިން ދައުވާ ކުރާތީ އެވެ.

ކޭޕާކުގެ މައްސަލަ މީޑިއާތަކާއި ހަމައަށް ފެންމަތިވީ ހަންބޯ ކުންފުނީގެ މައި ހިއްސާދާރު ޝިއުން ޖިން މަންޑޭ އެއް ފަހަރާ ގިނަ ބަޔަކަށް ފްލެޓުތައް ވިއްކިކަމަށް ތުހުމަތުކޮށް އެ މައްސަލަ ފުލުހަށް ހުށަހެޅުމުންނެވެ. އޭގެ ދުވަސްތަކެއް ކުރިން މީޑިއާތަކަށް ހުޅުމާލެ ހައުސިން މަޝްރޫއުތަކުގެ މަސައްކަތް ކުރިޔަށް ދާގޮތް ދައްކާލުމުގެ ތެރޭގައި ކޭޕާކު ރެސިޑެންސް ދައްކާލާފައި ވެއެވެ.

މި މައްސަލައިގައި މަންޑޭގެ ޕާސްޕޯޓު ހިފަހައްޓައި ފުރުހުން ވަނީ މަނާކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: