ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުގައި ބުނާ ބާރުވެރިކަން ކައުންސިލްތަކަށް ހޯދައިދޭނަން: މިނިސްޓަރ

ލޯކަލް ގަވަރަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުގައި ބުނާ ގޮތުގެ މަތީން ކައުންސިލްތަކަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ސަރުކާރުން ދޭނެކަމަށް ލޯކަލް ގަވަރަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އިންޓަނޭޝަނަލް ރިޕަބްލިކް އޯގަނައިޒޭޝަނާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ލިވް އެންޑް ކުރިޔަށް ގެންދާ ކޮލަބޮރޭޓިވް ޑިވެލޮޕްމަންޓް ފޯރަމްގެ ބޭނުމަކީ ކައުންސިލްތައް ބާރުވެރިކުރުވައި، ގާބިލުކަމާއި ގުޅޭގޮތުން އިތުރަށް މަސައްކަތްތައް ކުރުމެވެ.

ޕްރޮގްރާމް މައިގަނޑު ތިން ފޯކަސް އެއް ހިމެނޭއިރު، އެއީ މައުލޫމާތުގެ މިނިވަންކަމާއި މައުލޫމާތު ހާމަކުރުން އަދި މޫދަށް އެޅޭ ކުނި މަދު ކުރުމާއި ޕްލާސްޓިކް މަދު ކުރުމުގެ އިތުރުން މައުލޫމާތު ބޭނުންކޮށްގެން ކައުންސިލްގެ ނިންމުންތައް ބާރުވެރިކުރުވުމަށްޓަކައި ކެޕޭސިޓީ އިތުރު ކުރުމެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވާކްސް އާއި ޔޫއެސް އެއިޑް ގުޅިގެން ކ. ތުލުސްދޫގައި ކުރިޔަށް ގެންދިޔަ ޓްރެއިނިން ނިންމާލުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ މިނިސްޓަރ އާދަމް ޝަރީފެވެެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެ މަލްޓި ޕާޓީ ސިސްޓަމަކަށް ދަތުރު ކުރިތާ 18 އަހަރަށް ވުރެ ގިނަ ދުވަސްވި ނަމަވެސް އޭގެ ހަގީގީ މާނަ ފެންނަން ފެށިތާ އަދިވީ 15 އަހަރު ކަމަށެވެ. ލާމަރުކަޒީ ނިޒާމަށް ޒަމާނުންސުރެ ފެށިގެން އެކި ބަދަލުތަކެއް އައިއިރު މިނިސްޓަރ ވިދާޅުވި ގޮތުގައި އަދިވެސް ގެންނަން ޖެހޭ ބަދަލުތައް ވަރަށް ބައިވަރެވެ.

ސަރުކާރުގެ އަމާޒަކީ ކުރިޔަށް ވުރެ ވެސް ބޮޑަށް ރައްޔިތުން ބާރުވެރިކުރުވައި، ސިޔާސަތުތައް ބައްޓަން ކުރުންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އޮފީސް ހިންގުމުގެ ޓްރާންސްޕޭރަންސީ ނިޒާމެއް ގެނެވޭނެ ކަމަށެވެ. މިއަދު ކޮންމެ ބައެއްގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ކުނި މެނޭޖު ކުރުންކަމަށްވާއިރު ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް މިއީ ނުހަނު ބޭނުންތެރިކަމެއްގެ ގޮތުގައި އާދަމް ޝަރީފް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ރަށްތަކަށް ތަރައްގީ ގެނެވެން އޮތީ އެންމެން އެކުގައި ކުރާ މަސައްކަތުގެ ތެރެއިން ކަމަށެވެ. އަދި ހައްލު ހޯދައި، ރާވައި ހިންގައި މަޝަވަރާކޮށްގެން ކާމިޔާބީތަކެއް ހާސިލު ކުރެވޭނެކަމަށް ވިދާޅުވި އެވެ.

ކައުންސިލްތަކަށް އާދަމް ޝަރީފް މިއަދު ދެއްވި ޔަގީންކަމަކީ ރަށު ކައުންސިލްތަކައި ސިޓީ ކައުންސިލްތަކަށް ދޭން ޖެހޭ ފުރިހަމަ ބާރުވެރިކަން ދިނުމާއި ގާނޫނުގައި ބުނާ އިހުތިސޯސް ދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: