ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީހުންގެ ހައްގުތައް ރައްކާތެރިވާ ކުރެވޭނެ ގޮތަށް ޕާޓީތަކުގެ އިންތިހާބު ބޭއްވުމަށް އީސީއިން އިލްތިމާސްކޮށްފި

ފޮޓޯ: ސަން/މާހިލް އާތިފް
ޝެއާރކޮށްލާ ކަހަލަދޯ؟

ހާމަކަން ބޮޑު ގޮތެއްގައި ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ހައްގުތައް ރައްކާތެރި ވާގޮތަށް ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތައް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް އިސްމާއިލް ހަބީބް އިލްތިމާސްކުރައްވައިފިއެވެ.

ސަންގު ޓީވީއަށް މައުލޫމާތު ދެއްވަމުން ހަބީބް ވިދާޅުވީ ދިވެހިރާއްޖޭގެ އިންތިހާބީ ނިޒާމް އޮތީ ވަރަށް ހާމަކަން ބޮޑު ގޮތަށްކަމަށާއި ދުނިޔޭގެ ފެންވަރުގައިވެސް މީހުން ތައުރީފް ކުރާވަރުގެ ނިޒާމެއް ފެނި، ތަޖުރިބާ ކުރަމުން ގެންދާ ކަމަށެވެ. މީހުން އެންމެ ގަބޫލުކުރާނީ އޮބްޒާވަރުންނާއި މޮނިޓަރުނަނަށްވެސް ފުރުސަތުލިބި ހާމަކަން ބޮޑު ގޮތެއްގައި އެންމެންގެ ކުރިމަތީގައި ވޯޓުލައި، ގުނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުން ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ އިންތިހާބުތަކާއި ގުޅިގެން އީސީއަށް ވަރަށް ގިނަ ސުވާލުތައް އަންނަ ކަމަށް ހަބީބް ވިދާޅުވިއެވެ. ސިޔާސީ ޕާޓީ ތަކަކީ ގާނޫނީ ވަކި ޝަހްސެއްކަމަށާއި އެހެންކަމުން އެ ޕާޓީއެއްގެ އަސާސީ ގަވައިދާއި އަދި ހިންގާ ގަވައިދުގައި ޕާޓީގެ ސިޔާސަތުތަށް ބިނާކުރާނެ ގޮތްތަކާއި އަދި އިންތިހާބުތަށް ބާއްވާނެ ގޮތްތައް އޮންނާނެ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

އިންތިހާބުތަކުގައި ކެންޑީޑޭޓުން ވާދަކުރާއިރު ވޯޓު ލާ މީހުންގެ ލިސްޓަކީ އީސީގެ ދަފްތަރުގައި އޮންނަ ލިސްޓެއްތޯ ނުވަތަ ޕާޓީގެ ލިސްޓުތޯ ވެސް ކަނޑައަޅާނީ އެޕާޓީއަކުން ކަމަށް ހަބީބް ވިދާޅުވިއެވެ. އަދި އީސީއިން ޕާޓީގެ އެފަދަ ކަންމުގެ ތެރެއަށް ނުވަންނާނެ ކަމަށާއި އީސީގެ މައްޗަށް ޕާޓީގެ ކަންކަމުގެ ތެރެއަށް ވަނުން ލާޒިމް ނޫންކަމަށްވެސް ހަބީބް ވިދާޅުވިއެވެ. ހަބީބް ވިދާޅުވީ ސިޔާސީ ޕާޓީތަކުން އިންތިހާބުތަށް ބާއްވަނީ އީސީން ބާއްވާ އުސޫލަކުން ނޫން ކަމަށާއި އެގޮތަށް ބޭއްވުމަށް ގާނޫނާއި ގަވައިދުން ތަން ނުދޭ ކަމަށެވެ.

އެހެންނަމަވެސް އީސީގެ ފަރާތުން ފަންނީ ލަފަޔަކަށް ނުވަތަ އެފަދަ އެހީތެރިކަމަކަށް އެދިފިނަމަ އެކަން ކޮށްދެއްވާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: