ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް އިންތިހާބު ބާއްވާނީ ވޯޓުލާ މީހުންނާއި ކެންޑިޑޭޓުންނަށް ފައިދާހުރިގޮތަށް: ހަބީބް

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނެ ދުވަހެއް ކަނޑައެޅުމުގައި އެންމެ ބޮޑަށް ބަލާނީ ވޯޓުލާ މީހުންނާއި އަދި ކެންޑިޑޭޓުންނަށް އެންމެ ފައިދާހުރި ފަސޭހަ ގޮތްތަކެއް ކަމަށް އިލެކްޝަންސްގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

ހަބީބް ވިދާޅުވީ ތާރީހެއް ކަނޑައެޅުމުގައި އެކި ފަރާތްތަކުގެ ހިޔާލްތަށް ތަފާތުކޮށް ހުރުމާއި އަދި ކަންބޮޑުވުންތައް ހުރުމުން އެކަން އިތުރަށް ދިރާސާ ކުރާނެ ކަމަށެވެ. އަދި މަޖިލިސް އިންތިހާބު ބޭއްވުމަށް ދުވަހެއް ކަނޑައެޅުމަށްޓަކައި މިމަހުގެ ފަހުކޮޅުގައި މަޖިލީހުގެ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ގައުމީ ލަފާދޭ ކޮމިޓީ އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ތާރީހް ކަނޑައެޅުމުގައި އެންމެ ބޮޑަށް ބަލާނީ ރޯދަ މަހުގެ ތެރޭގައި އިންތިހާބު ބާއްވައިފިނަމަ ދިމާވާނެ ގޮންޖެހުން ތަކާއި، އަދި ރޯދަ މަހުގެ ފަހުން ބާއްވައިފިނަމަ ދިމާވާނެ ގޮންޖެހުންތަކަކީ ކޮބައިތޯވެސް ބައްލަވާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

ވޯޓުލާ މީހުންގެ އަދަދު އިތުރު ކުރުމަކީ އެންމެ އިސްކަމެއް ދީގެން ކުރައްވާނެ އެއްކަތައްކަމުގައި ހަބީބް ވިދާޅުވިއެވެ. ހަބީބް ވިދާޅުވީ ކޮމިޝަނުގެ މުވައްޒަފުންނާއި އަދި އެތެރޭގެ އިންތިޒާމުތަކަށް ދަތިތަކެއް ހުރިކަމުގައިވީ ނަމަވެސް އެންމެ ބޮޑަށް ބައްލަވާނީ ބޭރުން ކަންކުރުމުގައި ފަސޭހަވާނެ ގޮތަށް ކަމަށް ހަބީބް ވިދާޅުވިއެވެ. އޭގެތެރޭގައި އޮފިޝަލުން އެންމެ ފަސޭހައިން ހަމަޖެއްސޭނީ ކޮން މަހެއްގައިތޯ ނުވަތަ ރޯދައިގެ ފަހުން ތޯ ބައްލަވާނެ ކަމަށެވެ.

އެހެންކަމުން މިފަދަ ކަންކަމަށް ބަލުމަށްފަހު ޖެނުއަރީ މަހުގެ ތެރޭގައި އިންތިހާބު ބޭއްވޭނެ ތާރީހެއް ކަންޑައެޅޭނެކަމަށް ހަބީބް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: