ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ޕީޖީ މުހުތާޒް މަޖިލީހަށް ވާދަކުރައްވަނީ!

ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުުހުސިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޕްރޮސެކިއުޓާރ ޖެނެރެލް، މުހުތާޒް މުހުސިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވައިފި އެވެ.

އަންނަ އަހަރު ބާއްވާ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރުމަށް ބޭނުންވާ ކެންޑިޑޭސުން ފޯމު ހުށަހެޅުމަށް އެ ކޯލިޝަނުން ވަނީ ހުޅުވާލާފަ އެވެ. އަދި މި މަހުގެ 20 ގައި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ވާދަކުރުމުގެ ބައެއް ޝަރުތުތައް ވެސް ވަނީ ހަރުކަށިކޮށްފަ އެވެ.

އިންތިހާބުގައި ވާދަކުރުމަށް ނިންމައި މުހުތާޒް ވިދާޅުވީ އޭނާ ދަނގެތި ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް ނިންމީ ގައުމީ ހިދުމަތާއި ގުޅުމުގެ ހެޔޮނިޔަތުގައި ކަމަށެވެ. އެހެންވެ ދާއިރާގެ ރައްޔިތުންގެ ތާއީދާއި، އެއްބާރުލުމަށް މުހުތާޒް އެދިވަޑައިގަތެވެ.

މުހުތާޒް ވަނީ ޕީޖީގެ މަގާމުގެ އިތުރުން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންތަކާއި، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ޑިސިޕްލިނަރީ ކޮމިޓީގެ ޗެއާގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: