ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީގައި ވަކީލުން ތަމްސީލު ކުރާ މެމްބަރަކަށް އަބްދުއްލަތީފް!

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ގާނޫނީ ވަކީލުން ތަމްސީލުކުރާ މެންބަރަކަށް އިންތިހާބުވި އަލީ އަބްދުއްލަތީފް --
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގާނޫނީ ވަކީލަކު އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބު އަލީ އަބްދުއްލަތީފް ކާމިޔާބު ކުރައްވައިފި އެވެ.

ޖޭއެސްސީގެ ވަކީލުންގެ ގޮނޑި ހުސްވެފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުލް މާނިއު ހުސެއިން ހައިކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގަތުމަށް އިސްތިއުފާ ދެއްވުމުންނެވެ.

އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅީ އަބްދުއްލަތީފް އެކަނިކަމުން ނަގާފައި ވަނީ ފެންނަ ނުފެންނަ ވޯޓެކެވެ. ރެޖިސްޓްރީވި 659 ވަކީލުންގެ ތެރެއިން 443 ވަކީލުންގެ ތެރެއިން އަބްދުއްލަތީފަށް 275 ވޯޓު ލިބުނެވެ. އަދި އެ މަގާމަށް އޭނާ ހޮވަން ނުފެންނަކަމަށް ވޯޓު ދިނީ 168 ވަކީލުންނެވެ.

އަބްދުއްލަތީފަކީ 2018 ގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެރުނު ފެބްރުއަރީ އެކެއްގެ އަމުރާއި އެކު ހައްޔަރު ކުރި ފަނޑިޔާރުންގެ ތެރެއިން އަލީ ހަމީދުގެ ވަކީލުންގެ ޓީމުގައި ހިމެނުނު ލޯޔަރެކެވެ.

އެ މަގާމަށް އަބްދުއްލަތީފް އެކަނި ވާދަކުރެވުނީ، ނަން ހުށަހެޅި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި، ސިވިލް ކޯޓުގެ ކުރީގެ އިސް ގާޒީ ޒުބައިރު މުހައްމަދު އެ މަގާމަށް އައުމަށް ޝަރުތު ހަމަނުވަކަމަށް ނިންމައި ބާކައުންސިލުން ނަން ބޭރުކޮށްލުމުންނެވެ.

މި ދެ ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަނުވާކަމަށް ނިންމި ޝުޖާއު އުސްމާނަކީ ހައިކޯޓުގެ ފަނޑިޔާރުކަމުގައި ހުންނަވައިގެން މަގާމުގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކުރި މައްސަލައެއްގެ ތުހުމަތުގައި ޖުޑިޝަލް ސާވިސް ކޮމިޝަނުން މައްސަލަ ބަލަމުން ދަނިކޮށް 2020 ގައި އިސްތިއުފާ ދެއްވި ބޭފުޅެކެވެ.

ޒުބައިރު ސިވިލް ކޯޓުން އިސްތިއުފާ ދެއްވާފައި ވަނީ 14 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: