ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއޭސީއެލް މެރިޓް އެވޯޑު ސީއެޗްއެސްއީގެ ހަތަރު ދަރިވަރަކަށް!

އެމް.އޭ.ސީ.އެލް މެރިޓް އެވޯޑު ސީ.އެޗް.އެސް.އީގެ ހަތަރު ދަރިވަރަކަށް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެރިޓް އެވޯޑު ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ހަތަރު ދަރިވަރަކަށް ދީފިއެވެ.

އެމްއޭސީއެލް މެރިޓް އެވޯޑަކީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ސީ.އެޗް.އެސް.އީގެ ގްރޭޑް11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ މާރކްސް ހޯދާ އަންހެން ދެ ދަރިވަރަކަށް އަދި ފިރިހެން ދެ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ. މި އެވޯޑާއި އެކު ދަރިވަރުންނަށް ލެޕްޓޮޕްގެ އިތުރުން، ޑާޓާ ޕެކޭޖް އަދި ކޮންމެ މަހަކު 2000ރ ގެ އެލަވެންސެއް އެއްއަހަރު ދުވަހަށް ދެވިގެންދާނެއެވެ. އަދި މި އެވޯޑު ލިބުނު ދަރިވަރުންނަށް އެމްއޭސީއެލް ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެކުއްޖަކު ޝައުގުވެރިކަން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މިކަމަށްޓަކައި މިއަދު ސީ.އެޗް.އެސް.އީގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި، ސީއެޗްއެސްއީގެ އިސްވެރިންގެ އިތުރުން ގްރޭޑް 11ގައި މިވަގުތު ކިޔަވަމުންދާ ދަރިވަރުން ބައިވެރިވިއެވެ.  މި ރަސްމިއްޔާތުގައި އެވޯޑު ލިބުނު ހަތަރު ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްދެއްވީ އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދެވެ. މި އަހަރު އެވޯޑު ހާސިލްކުރި ހަތަރު ދަރިވަރުންނަކީ:

  1. އިބްރާހިމް ރިފާއު
  2. ހަސަން ލާޔާން މުހައްމަދު
  3. އަފާފް އަހުމަދު މުސްތަފާ
  4. އައިޝަތު އީޝަލް އަހުމަދު އަސްލަމް

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި އެމް.ޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ މިއެވޯޑަކީ އެމް.އޭ.ސީ.އެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ ތައުލީމް ކުރިއެރުވުމަށް ކުންފުނިން ކުރާހޭދައެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުންނަށް ކިޔެވުމުގައި އާ ހިއްވަރެއް ލިބިގެންދާނެކަމަށް އުއްމީދު ކުރާކަމަށެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުރި ވަޒީފާގެ ފުރުސަތުތައް ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ އެއަރޕޯޓުގައި މިވަގުތު ކުރިއަށްގެންދެވޭ ތަރައްގީގެ މަޝްރޫއުތަކާއި އެކު އެކަމަށް ގިނަ އަދަދެއްގެ މުވައްޒަފުން ބޭނުންވާކަމަށާއި ކުރިމަގުގައި ސީ.އެޗް.އެސް.އީ ނިންމާ ދަރިވަރުން އެ ވަޒީފާތަކަށް ކުރިމަތިލާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ކުންފުނީގައި ހުރި ވަޒީފާތަކަށް މުވައްޒަފުން ހޯދުމުގެ ގޮތުން ސްކޫލް ނިންމާ ދަރިވަރުންނަށް ހާއްސަކުރެވޭ އިންޓަރންޝިޕް ޕްރޮގްރާމެއް ތައާރަފްކުރެވި އެ ފުރުސަތު ހުޅުވާލާނެކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީ.އެޗް.އެސް.އީގެ ޕްރިންސިޕަލް އައިޝަތު ޞަފޫރާ ވިދާޅުވީ، މިއީ އެ ސްކޫލުގެ ދަރިވަރުންނަށް ކުންފުންޏަކުން އިސްނަގައިގެން އެފަދަ އެވޯޑެއް ދެވޭ ފުރަތަމަ ފަހަރުކަމަށެވެ. މިފަދަ އެވޯޑެއް ސުކޫލަށް ތައާރަފްވެގެން ދިއުމުން މިއަދު އެވޯޑު ހާސިލްކުރި ކުދިންގެ އިތުރުން ދެން ތިބި ދަރިވަރުންނަށް ވެސް ކިޔެވުމާއިގެން ކުރިއަށްދިއުމަށް އިތުރު ހިއްވަރެއް ލިބިގެން ދާނެކަމަށް ސަފޫރާ ފާހަގަކުރެއްވިއެވެ. އަދި އެމް.އޭސީ.އެލް އިން މިފަދަ ކަމެއް ސްކޫލަށް ތައާރަފް ކުރިކަމަށްޓަކައި ސަފޫރާ ވަނީ ކުންފުނީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

އެމް.އޭ.ސީ.އެލް މެރިޓް އެވޯޑުގެ އިތުރުން އެ ސްކޫލުގެ ބެސްޓް އޯލް ރައުންޑަށް ފައިސާގެ އިނާމު އެމް.އޭ.ސީ.އެލް އިން ދަނީ މިއަހަރުން ފެށިގެންދަނީ ދެމުންނެވެ. އަދި މިކަން 3 އަހަރަށް ކުރިއަށް ގެންދިއުމަށް ނިންމައި މިއަހަރުގެ ޖުލައި މަހުގައި އެމް.އޭ.ސީ.އެލް އާއި ސީ.އެޗް.އެސް.އީ އާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެމް.އޭ.ސީ.އެލްގެ އިޖުތިމާޢީ ޒިންމާގެ ދަށުން ހިންގާ މި ޕްރޮގްރާމަކީ، ދަރިވަރުންނަށް ހިތްވަރު ދިނުމުގެ އިތުރުން ގައުމަށް ބޭނުންވާ ހިންގުންތެރި އިސްވާރުން އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: