ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައިންގަޔަށް ނާރާ ބަލިތަކާއި ގުޅޭގޮތުން ފަންނީ އެހީ ޖަމިއްޔާތަކަށް ފޯރުކޮށްދިނުމަކީ އަމާޒެއް: ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު/ ފޮޓޯ: އަހުމަދު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައިންގަޔަށް ނާރާ ބަލިތަކާއި ގުޅޭގޮތުން ފަންނީ ގޮތުން ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގައި އެކި މަސައްކަތްތައް ކުރުމަށް ހަރަކާތްތެރިވަމުން ދާ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ސާޖިދާ ވިދާޅުވީ އިޖްތިމާއީ ދާއިރާއިން މަސައްކަތްކޮށް ހިދުމަތް ކުރުމުގެ ވިސްނުން އަބަދުވެސް ހުންނަކަމަށެވެ. އަދި ސިއްހީ ދާއިރާގެ ތެރޭގައި ގިނަ އަހަރު މަސައްކަތް ކުރެވިފައި ހުރުމުގެ ސަބަބުން އެފަދަ މަސައސްކަތްތަކުގައި އުޅޭ ޖަމިއްޔާތަކާއި އެކު ކުރިޔަށް ދިއުމަށް ފަސޭހަވާނެކަމަށް ސާޖިދާ ވިދާޅުވި އެވެ.

ސަރުކާރު ފެށިގެން އަދި މާގިނަ ދުވަހެއް ނުވާއިރު، ސާޖިދާ ވިދާޅުވި ގޮތުގައި މިވަގުތު ގިނަ ޖަމިއްޔާތަކަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން ބައްދަލުކޮށް މަޝްވަރާ ކުރުމަށް ބޭނުންވާތީ އެ މަސައްކަތްތައް ކުރިޔަށްދާ ކަމަށެވެ.

ސާޖިދާ ވިދާޅުވީ މިއަދު ތެލެސީމިއާ އެސޯސިއޭޝަނާއި ބައްދަލު ކުރައްވާފައިވާނެކަމަށާއި، އެބޭފުޅުންގެ ދަތިތައް ހައްލު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ކަމަށެވެ. އެހެންކަމުން އަމާޒަކަށް ވާނީ ރާއްޖޭގައި ހަރާކާތްތެރިވަމުން ދާ އެކި ޖަމިއްޔާތަކާއި އެކު ގުޅިގެން ކުރިޔަށް ދިއުމަށްކަމަށް ސާޖިދާ ވިދާޅުވި އެވެ.

ކާބޯތަކެތީގެ ދާއިރާއިން މީހުން ހޭލުންތެރި ކުރުވުމަށް ބޭނުންވާކަން ފާހަގަކުރައްވައި ސާޖިދާ ވިދާޅުވީ، ދައުރު ނިމިގެންދާއިރު އެންމެ ބޭނުން ވަނީ ގައިންގަޔަށް ނާރާ ބަލިތަކާއި ގުޅޭގޮތުން ފަންނީ ގޮތުން އެހީތެރިކަން ދޭން ބޭނުންވާކަމަށެވެ. އަދި އޭގެ ސަބަބެއްކަމަށް ސާޖިދާ ވިދާޅުވީ އެންމެ ޒުވާން އުމުރުން ފެށިގެން އައިސް މެދުކެނޑުމެއް ނެތި މަސައްކަތް ކުރި ދާއިރާއަކީ މިއީމަމަށްވުމާއި އެކު އެކަމަށް ހާއްސަ ސާމާލުކަމެއް ދެވިފައިވުމެވެ.

ބޮޑަށް ބޭނުންވަނީ ގައިންގަޔަށް ނާރާ ބަލިތަކާއި ގުޅިގެން ހެދިފައި ހުރި.. އެކަންކަމާއި ގުޅޭގޮތުން ހަމަ ފޯކަސް ކުރުމަށް.. ހަމަ ބޮޑަށް ފަންނީ މައުލޫމާތު ހުރީ އެ ދާއިރާގައިކަމަށް ވީމަ.. އަޅުގަނޑަށް އެ ދާއިރާގައި މަސައްކަތް ކުރުމަށް ހަމަ ފަސޭހަވާނެ… އެހެންވީމަ ހަމަ އެގޮތަށް މި ވިސްނަނީ.. އެކަމަކު އޭގެ މާނައެއް ނޫން، އަޅުގަނޑު އެހެން އެންޖީއޯސްތަކާއި އެކުގައި މަސައްކަތް ނުކުރާނެއޭ..

ކުރެވުނު މަޝްވަރާތަކާއި ބައްދަލުވުންތަކުގައި ފާހަގަކުރެވުނު ކަންކަން ހިއްސާ ކުރައްވައި ސާޖިދާ ވިދާޅުވީ ޖަމިޔާތަކަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ އޮފީސްތައް ހިންގުމުގެ ޖާގައިގެ މައްސަލަ ކަމަށެވެ. ނުވަތަ ޖަމިއްޔާތަކުގެ ހިންގުމަށް އެއްވެސް އޮފީސް އިމާރާތެއް ނެތުމުގެ ސަބަބުން ގޭތެރޭގައި އިދާރީ ކަންކަން ކުރިޔަށް ގެންދަން ޖެހިފައިވާކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: