ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮލިސް ބޯޑުން ބޭނުން ނުވަނީސް މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ޖަމްޝީދާއި، އަހުމަދުގެ ވަކީލުން ގަބޫލެއް ނުކުރޭ!

މައްސަލައިގައި ކުރިޔަށް ގެންދިޔަ އަޑުއެހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ވަކިކުރި ފުލުހުންގެ އޮފިސަރުންގެ މައްސަލައިގެ އިސްތިއުނާފު ކުރިޔަށް ނުގެންދިއުމަށް ޕޮލިސް ބޯޑު ނިންމި ނަމަވެސް އެ މައްސަލަ އަނބުރާ ގެންދިއުމާއި މެދު ގޮތެއް ނިންމާފައި ނުވާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލައިވާ، ޕޮލިސް ބޯޑުގެ ނިންމުމުގެ ދަށުން އިސް އޮފިސަރުންތަކެއް ވަޒީފާއިން ވަކި ކުރަން ނިންމިކަން މީޑިއާތަކުގެ ސަމާލުކަމަށް އައީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑަކީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި، ލާއިންސާނީ އަމަލުތައް އަދި ކޮރަޕްޝަނާއި އެ ނޫން ވެސް ސީރިއަސް ބޮޑެތި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބަލައި އެ މީހުން މަގާމުގައި ދެމިތިބުމާއި މެދު ގޮތެއް ނިންމާ ބޯޑެކެެވެ. ގާނޫނު ބުނާ ގޮތުން ޕޮލިސް ބޯޑު އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަތައް ބަލައި ނިންމަން ޖެހޭނެ އެވެ.

ޕޮލިސް ބޯޑުގެ ލަފައަށް ފުލުހުންގެ ވަޒީފާއިން ވަކިކުރީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދުގެ އިތުރުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފްގެ އިތުރުން ސުޕްރިޑެންޓެންޓް މުހައްމަދު ދާއޫދާއި ސުޕްރިޓެންޑެންޓް އިސްމާއިލް ޝަމީމެވެ.

އެ މައްސަލަ ސިވިލް ކޯޓަށް އޮފިސަރުން ހުށަހެޅުމުން ތިން އޮފިސަރަކު ވަކި ކުރުން ހުއްޓުވުމަށް އަމުރު ނެރުނެވެ. ފަހުން ސިވިލް ކޯޓުން އެ މީހުން ފުލުހުންގެ ވަޒީފާއިން ވަކި ކުރުން ގޯސްކަމަށް ނިންމިއިރު، ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރީ އެވެ.

މައްސަލައިގައި މިއަދު އޮތް އަޑުއެހުމުގައި ޖަމްޝީދާއި، އަހުމަދުގެ ވަކީލުން ވިދާޅުވީ ދައުލަތުން މައްސަލަ އިސްތިއުނާފު ކުރީ ފުލުހުންގެ ފަރާތުން އެދިގެން ނޫންކަމަށް އެ މުވައްސަސާއިން ބުނާއިރު އިތުރަށް އެ މައްސަލަ ކުރިޔަށް ގެންދަން ބޭނުން ނުވާކަމަށް ޕޮލިސް ބޯޑުން ބުނެފައިވާ ކަމަށެވެ.

ރައްދުގައި ދައުލަތުން ބުނީ އެ މައްސަލަ އިސްތިއުނާފު ކުރީ ޕޮލިސް ބޯޑުގެ ލަފާގެ މަތިން ބަންޑާރަ ނައިބުގެ އޮފީހުން އަމަލު ކުރާ އުސޫލުން ކަމަށެވެ. އެހެންވެ ބެންޗުން ދެން ސުވާލު ކުރީ މައްސަލަ އަނބުރާ ގެންދިއުމާއި މެދު ގޮތެއް ނިންމާފައިވޭތޯ އެވެ. އެކަމަކު ދައުލަތުން ބުނީ އެކަމާ މެދު ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. ދެން ބެންޗުން ސުވާލު ކުރީ ޕޮލިސް ބޯޑުން ބޭނުން ނުވިޔަސް ދައުލަތަށް މައްސަލަ އިސްތިއުނާފު ކުރެވޭނެ ތޯ އެވެ. އެކަމަށް ދައުލަތުން ބުނީ ފަހުގެ ނިންމުން ނިންމާނީ އޭޖީ އޮފީހުންކަމަށާއި، އަދި ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އެ ބާރު އޮންނާނެ ކަމަށެވެ.

ޕޮލިސް ބޯޑުން ބޭނުން ނުވަނީސް، މައްސަލަ ކުރިޔަށް ގެންދެވިދާނެކަމަށް އޮފިސަރުންގެ ވަކީލުން ގަބޫލެއް ނުކުރެ އެވެ. ވަކީލުން ވިދާޅުވީ ކަމާއި ބެހޭ އިދާރާތްތަކުން އެ މައްސަލަ ކުރިޔަށް ގެންދަން ބޭނުން ނުވަނީސް، އިތުރަށް ކުރިޔަށް ގެންދަން އޭޖީގެ އޮފީހަށް ނުނިންމޭނެ ކަމަށެވެ.

ވަކިކުރަން ނިންމި އޮފިސަރުންގެ ތެރެއިން މިވަގުތު ވަޒީފާ ނުލިބިތިބީ ޖަމްޝީދާއި، އަހުމަދު އެކަނިކަމުން އެކަން ވަކީލުން ފާހަގަކުރި އެވެ. އަދި މިއީ އެ ދެބޭފުޅުންގެ ވެސް އާމްދަނީއަށް ހުރަސްއެޅިފައިވާ ސަބަބެއްކަމަށް ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: