ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ގެއްލުމުގެ ބަދަލުގެ އެއްވެސް ފައިސާއެއް ދީފައި ނުވާނެ: ފިނޭންސް

ބަންޑާރަ ނައިބު އަހްމަދު އުޝާމް/ ފޮޓޯ: ރަީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އުފެދުމަށް ފަހު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އެއްވެސް ފަރާތަކަށް ފައިސާ ދޫކޮށްފައި ނުވާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

މި ސަރުކާރުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ބަދަލެއްގެ ގޮތުގައި 101 މިލިއަން ދޫކުރިކަމަށް ފިނޭންސްގެ ވީކްލީ ފިކްސަލް ޑިވެލޮޕްމަންޓް ރިޕޯޓާއި ހަވާލާ ދީ މިއަދު މީޑިއާއަކުން ރިޕޯޓު ކުރި އެވެ. އެ ހަބަރުގައި ވާގޮތުން، ނޮވެމްބަރު 24 އާއި 30 ވަނަ ދުވަހުގެ ދެމެދު ބަދަލެއްގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ.

އެ ހަބަރު ދޮގުކޮށް ފިނޭންސް މިނިސްޓްރީން ބުނީ މި ސަރުކާރުން ބަދަލެއްގެ ގޮތުގައި އެއްވެސް ފަރާތަކަށް ފައިސާ ދީފައި ނުވާނެ ކަމަށެވެ. އަދި މިކަމާއި ގުޅޭ ތަފްސީލީ މައުލޫމާތު ބަޔާނެއްގެ ސިފައިގައި އާންމު ކުރާނެކަމަށް ވެސް ބުންޏެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި މިހާ ބޮޑު އަދަދަކުން ގެއްލުމުގެ ބަދަލު ނަގައިދިންކަމަށް ވާހަކަ ދެކެވުނު ނަމަވެސް، ރައީސް މުއިއްޒު ވަނީ ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު ނޮވެމްބަރު 21 ގައި ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓު ކޮމިޓީ އުވާލާފަ އެވެ. ރައީސް އެ ކޮމިޓީ އުވާލެއްވުމަށް ފަހު ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ގަވާއިދާއި ހިލާފަށް ނަހަމަ ގޮތުގައި ބަދަލު ދިނުމަކީ އެއްގޮތަކަށްވެސް ކުރެވިގެންވާނޭ ކަމެއްނޫން ކަމަށެވެ.

މީގެއިތުރުން ހަމަ އެދުވަހު ރައީސް އޮފީހުން އާންމު ކުރި ބަޔާނުން އެނގޭ ގޮތުގައި ސެޓްލްމަންޓް ކޮމެޓީ އުވާލަން ރައީސް ނިންމެވިއިރު އެ ކޮމިޓީން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމާފައެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާ ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީއިން ނިންމާފައިވާނެކަމަށް އަންދާޒާކުރެވޭ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މި ކޮމިޓީއިން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ފައިސާ ދީފައިވަނީ ޤާނޫނީ ބާރެއް ލިބިގެން ނޫން ކަމަށާއި އެއީ ޤާނޫނާއި ހިލާފަށް ހިންގާފައިވާ ކަމެއްކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: