ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް މޯލްޑިވްސް އާޓިސްޓް ކޮމިޔުނިޓީ އެމްއޯޔޫއެއްގައި ސޮއިކޮށްފި

އެމްއޯޔޫގައި ސޮއިކުރުން.
ޝެއާރކޮށްލާ ކަހަލަދޯ؟
ފަންނުވެރިންގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް މޯލްޑިވްސް އާޓިސްޓް ކޮމިޔުނިޓީ އާއި ޔޫތުމިނިސްޓްރީން އެމްއޯޔޫ އެއްގައި ސޮއިކޮށްފިއެވެ.

މިއީ ސަރުކާރުގެ ހަފުތާ14 މަގުޗާޓުގައިވާ ކުރެހުމާއި ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމާއި ޒުވާނުންނަށް ކުރިއަށްދެވޭނެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް އެކުލަވާލާފައިވާ އެމްއޯޔޫއެކެވެ.

މީގެ އިތުރުން ޔޫތް މިނިސްޓްރީއިން ކޮށްފައިވާ ބައެއް މަސައްކަތްތައް:

  • ބްރޯޑްކާސްޓިންގ ކޮމިޝަނާއި ޔޫތު ނިސްޓްރީ ގުޅިގެން ކުރިއަށް ގެންދެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މިނިސްޓަރ ކޮމިޝަންގެ މެމްބަރުންނާއި ބައްދަލު ކުރެއްވުން.
  • ރާއްޖޭގެ މިއުޒީޝަނުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ރާއްޖޭގެ މަޝްހޫރު އާޓިސްޓް އަހުމަދު އާތިފް(އެކްސްރޭ އާތިފް) ޔޫތު މިނިސްޓަރ އާއި ބައްދަލު ކުރެއްވުން.
  • މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އާއި ހަޔަރ އެޑިޔުކޭޝަން ގުޅިގެން ޒުވާނުންގެ ހުނަރު ތަރައްޤީ ކުރުމާއި ގުޅޭ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުން.
  • މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އާއި އެމްޕީއެލް ގުޅިގެން ކުރެވިދާނެ މަސައްކަތް ތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުން.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: