ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

1،989 ޖަމިއްޔާއެއް އުވާލަން ޔޫތް މިނިސްޓްރީއިން އިޢުލާންކޮށްފި

އަހުމަދު މަހްލޫފް— ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ލިޔެކިޔުންތައް ފުރިހަމަނުވުުގެ ސަބަބުން 1،989 ޖަމިއްޔާއެއް އުވާލަން ޔޫތު މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން ނިންމައިފިއެވެ.

ޔޫތް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އުވާލަން ނިންމާފައިވާ ޖަމިއްޔާތަކަކީ 2023 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން 2 އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާތީ އަދި ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާތީ އުވާލުމަށްޓަކައި ލިސްޓް ކުރެވިފައިވާ ޖަމްޢިއްޔާތައް ކަމަށެވެ.

މިހާރު އިއުލާނު ކޮށްފައިވާ ޖަމިއްޔާތަކުގެ ތެރެއިން ޖަމިއްޔާއެއް އުވާލުން ހުއްޓުވުމަށް އެދޭނަމަ، އެ ޖަމިއްޔާގެ މެންބަރަކަށް ނުވަތަ މަސްލަހަތު އޮތް ތިންވަނަ ފަރާތަކަށް ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު 24 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް އޮތް ކަމަށް ވެސް ޔޫތު މިނިސްޓްރީގެ އިޢުލާންގައި ބަޔާންކޮށްފައިވެއެވެ.

މިތާރީހާ ހަމައަށް ލިޔުމުން ހުށަނާޅާ ޖަމިއްޔާތައް، ޖަމިއްޔާތަކުގެ ރަޖިސްޓްރީން އުނިކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މިގޮތުން ހުށަހަޅުއްވާ ލިޔުންތައްcso@youth.gov.mv އަށް މެއިލްކުރުމަށް ޔޫތު މިނިސްޓްރީން އެދެއެވެ.

އިންއެކްޓިވް ޖަމްއިއްޔާތަކުން ލިޔެކިޔުން ފުރިހަމަ ކުރުމަށްޓަކައި މިދިޔަ އަހަރު ޑިސެމްބަރު މަހުވެސް އިތުރު ފުރުސަތެއް ޔޫތު މިނިސްޓްރީން ދީފައިވެއެވެ.

ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުންދާ ޖަމްއިއްޔާ ތަކަކީ އެޖަމްއިއްޔާއެއް ނިސްބަތްވާ ރަށާއި، އަތޮޅަށް އަދި މުޅި ގައުމަށް ނުހަނު ފައިދާހުރި އަގުހުރި މަސައްކަތްތަކެއް ހިލޭސާބަހަށް ކުރަމުންގެންދާ ފަރާތްތަކެއްކަން މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: